މައިކްރޮސޮފްޓްއިން ބިންގް އޭއައި ޗެޓް ވިޖެޓް ތައާރަފުކޮށްފި

މައިކްރޮސޮފްޓުން ފޯން ސްކްރީންތަކަށް ތައާރަފު ކުރި ބިންގް އޭއައި ޗެޓް ވިޖެޓް --

މައިކްރޮސޮފްޓުން ފޯން ސްކްރީންތަކަށް ބިންގް އޭއައި ޗެޓް ވިޖެޓް ތައާރަފުކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބިންގް މެދުވެރިކޮށް ސާޗް ކުރެވެން ފެށިތާ 100 ދުވަސް ފުރުން މައިކްރޮސޮފްޓުން ފާހަގަކުރަނީ އެ ސިސްޓަމްގެ ބައެއް އަޕްޑޭޓްތަކާ އެކުގައެވެ. އޭގެ ތެރެއިން އެއް ކަމަކީ އައިއޯއެސް އާއި އެންޑްރޮއިޑްގެ ފޯނު ސްކްރީންތަކަށް ޗެޓްބޮޓް ވިޖެޓެއް ތައާރަފު ކުރުމެވެ.

މައިކްރޮސޮފްޓުން އަންގާރަ ދުވަހު ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ މި ހަފުތާގައި އާ ބިންގް ޗެޓް ވިޖެޓެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

"ވަރަށް އަވަހަށް އާ ބިންގް ޗެޓް އެކްސްޕީރިއެންސެއް، ވިޖެޓްގެ ގޮތުގައި ތައާރަފު ކުރެވޭނެ، މައިކްރޯފޯން އައިކަންއަށް ކްލިކްކޮށްގެން އަނގަބަހުން ނުވަތަ ޓައިޕްކޮށްގެން ސުވާލެއް ކުރެވޭނެ." ބްލޮގް ޕޯސްޓްގައި ބުނެފައިވެއެވެ.

މައިކްރޮސޮފްޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ޗެޓްޖީޕީޓީގެ ބަހުގެ މޮޑެލް ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ ބިންގް ސާޗް ލޯންޗްކޮށް، އެ ކުންފުނީގެ ސާޗް އިންޖީނަކީ މިހާރު "ވެބްގެ އޭއައި ޕަވާޑް ކޯ-ޕައިލެޓެއް" ކަމަށް ބުނެފައެވެ.

ބިންގްސާޗް ނަތީޖާތަކުގެ ތެރޭގައި އޯޕަންއޭއައިގެ މައުލޫމާތު ހިމެނުމުގެ އިތުރުން، އެކުންފުނިން ވަނީ ޝޮޕިން ލިސްޓް ހެދުމާއި ޕީޑީއެފް ލިޔުންތައް ޚުލާސާ ކުރުމާއި ލިންކްޑްއިން ޕޯސްޓްތައް ޖެނެރޭޓް ކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުން ފަދަ ކަންކަމުގައި އެހީތެރިވުމަށް ޗެޓް ވިންޑޯއެއް ތައާރަފު ކޮށްފައެވެ.

މީގެއިތުރުން މިމަހު މައިކްރޯސޮފްޓުންވަނީ ކޮމްޕިއުޓަރާއި ފޯނާއި ޓެބްލެޓްގެ އެޖް ބްރައުޒާ އަށްވެސް ބިންގް އޭއައި ޗެޓްބޮޓް ތައާރަފުކޮށްފައެވެ. އަދި ސްވިފްޓްކީ ކީބޯޑުގެ ކޮމްޕޯޒް ފީޗާގައި ވެސް އޭއައި ބިންގް ބޭނުންކުރެވޭ ގޮތް ވަނީ ހަދާފައެވެ.

ހަމައެއާއެކު އިނގިރޭސި ބަސް ފިޔަވައި އެހެން ބަހުރުވަތަކުގެ ޗެޓްތަކުގެ ފެންވަރު ރަނގަޅުކޮށް، މޮބައިލް ޑިވައިސް އާއި ޑެސްކްޓޮޕްގައި ޗެޓްބޮޓް ވަނީ ހިމަނާފައެވެ.

ބިންގް އޭއައި އަކީ އީޖާދީ އަލްގޯރިދަމްތަކާއި މެޝިން ލާނިން ގާބިލުކަމާއެކު، އޮންލައިންކޮށް މައުލޫމާތު ހޯދުމާއި މުއާމަލާތްކުރާ ގޮތްތަކަށް އިންގިލާބީ ބަދަލެއް ގެނެސްދޭ އެއްޗެކެވެ.

ބިންގް އޭއައި އަކީ މީހުންނާ ވާހަކަދެއްކުމަށް ފަހު އެ ތަޖުރިބާއިން ދަސްކޮށް، ވަކިވަކި ފަރުދުންގެ ތަރުޙީބަށް އަހުލުވެރިވެ، ޕާސަނަލައިޒްޑް ރެކޮމެންޑޭޝަންތަކާއި، ތައްޔާރުކުރެވިފައިވާ ސާޗް ސަޖެސްޝަންތައް ފޯރުކޮށްދޭ އެއްޗެކެވެ.

މީގެ އެޑްވާންސް އިމޭޖް ރިކޮގްނިޝަން ކެޕޭސިޓީގެ ސަބަބުން އިތުރަށް ރިފައިންޑް އިމޭޖް ސާޗްކުރުމުގެ ފުރުސަތު ފަހިވެ، އެއްގޮތް ފޮޓޯތައް ހޯދުމަށާއި އެއާ ގުޅުންހުރި ކޮންޓެންޓްތައް ފަސޭހަކަމާ އެކު ހޯދުމަށް ފުރުސަތު ފަހިވެގެންދެއެވެ.

comment ކޮމެންޓް