100 ގަޑިއިރު ނުހުއްޓައި ކައްކައިގެން ރެކޯޑެއް ހަދަނީ

ނައިޖީރިއާގެ ޝެފް ހިލްޑާ އެފިއޮންގް ނުވަތަ ސޯޝަލް މީޑިއާ ނަމުން ނަމަ ހިލްޑާ ބާޗީ --

ހުއްޓުމެއް ނެތި ޖުމްލަ 100 ގަޑިއިރު ކައްކައިގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ނައިޖީރާގެ ޝެފެއް މަސައްކަތް ކޮށްފިއެވެ.

ޝެފް ހިލްޑާ އެފިއޮންގް ނުވަތަ ސޯޝަލް މީޑިއާ ނަމުން ނަމަ ހިލްޑާ ބާޗީ ރެކޯޑު ހެދުމަށްޓަކައި ކައްކަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އަދި ހުއްޓުމެއް ނެތި ހިލްޑާ ވަނީ އިއްޔެ އާ ހަމައަށް ކައްކާފައެވެ.

މި ރެކޯޑު ގާއިމުކުރުމަށްޓަކައި ހިލްޑާ ވަނީ 55 ރެސިޕީއަކަށް 100 ކެއުން ތައްޔާރުކޮށްފައެވެ. މި ހުރިހާ ކެއުންތަކަކީ ނައިޖީރިއާގެ ރެސިޕީތަކެވެ.

ހިލްޑާ 100 ގަޑިއިރު ހަމަކޮށްފައިވާއިރު އެ ރެކޯޑުގެ ސައްހަ ކަމާއި ގިނެސްގެ ކްރައިޓީރިއާތަކަށް ފެތޭ ކަމުގެ ޔަގީންކަމެއް އަދި ގިނެސްއަކުން ނުދެއެވެ. ގިނެސްއިން އެކަން ކަށަވަރު ކުރުމުން އެންމެ ގިނަ ވަގުތު ނުހުއްޓައި ކެއްކުމުގެ ރެކޯޑު ހިލްޑާއަށް ލިބޭނެއެވެ.

މި ރެކޯޑު އެންމެ ފަހުން ގާއިމުކޮށްފައިވަނީ 2019 ވަނަ އަހަރުގައި އިންޑިއާގެ ޝެފެއް ކަމަށްވާ ލަތާ ޓަންޑޮން އެވެ. އޭނާ ވަނީ ނުހުއްޓައި އަށް ގަޑިއިރާއި 45 މިނެޓް ވަންދެން ކައްކާފައެވެ.

ހިލްޑާ ބުނާގޮތުގައި މި ރެކޯޑު ގާއިމުކުރުމަށް އޭނާ ބޭނުންވީ ނައިޖީރިއާގެ ކެއުންތަކަށް ދުނިޔޭގައި ސަމާލުކަން ހޯދައި، އެއަށް މަގުބޫލުކަން ހޯދުމުގެ ބޭނުމުގައެވެ.

ހިލްޑާ ބުނާގޮތުގައި ނައިޖީރިއާގެ ކެއުންތަކަކީ ވަރަށް ތަފާތު ރަހަތައް ހިމެނޭ ކެއުންތަކެކެވެ. އަދި ގިނަ ފަހަރަށް ކޮމްފޯޓް ކެއުމެއްގެ ގޮތުގައި ހިމެނޭ ނައިޖީރިއާގެ ކެއުންތަކަކީ ގިނަ ބަޔަކު ރަހަ ބަލާލަން ޖެހޭނެ އެއްޗެއް ކަމަށް އޭނާ ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު