އެންމެ ރީތި އަންހެނަކަށް ބިޔޮންސޭ

ދުނިޔޭގެ އެންމެ ރީތި އަންހެނަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޮންސޭ، ޕީޕަލްސް މެގަޖިންއިން ހޮވައިފި އެވެ.

އެ މެގަޒިން އިން ކޮންމެ އަހަރަކު ވެސް ހޮވާ ދުނިޔޭގެ އެންމެ ރީތި މީހުންގެ ލިސްޓްގެ އެއްވަނައިގަ އުމުރުން 30 އަހަރުގެ ބިޔޮންސޭ ހިމެނިގެން ދިއުމާ ގުޅިގެން އޭނާ ބުނީ އޭނާއަށް ދަރިއަކު ލިބުމާ ގުޅިގެން ރީތިކަން ކުރިއަށްވުރެ ބޮޑަށް އިހުސާސްކުރެވޭ ކަމަށެވެ.

މިލިސްޓުގައި ހިމެނޭ ހޮލީވުޑްގެ މަޝްހޫރު އިތުރު ތަރިންގެ ތެރޭގައި ޖޫލިއާ ރޮބަޓްސް އާއި ނިކޯލް ކިޑްމަން އަދި ޖެޝިކާ ޕާރޭ ހިމެނެ އެވެ.

މިދިއަ ޖެނުއަރީ މަހު އަންހެން ކުއްޖަކު ލިބިފައިވާ ބިއޮންސޭއަށް ވަނީ 16 ގްރެމީ އެވޯޑް ލިބިފަ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު