ފާޑު ކިޔުން އަމާޒުވެފައިވާ ބިލިއަނަރެއްގެ ޖަވާހިރުތައް 196 މިލިއަން ޑޮލަރަށް!

ހެއިޑީ ހޯޓެންގެ ގަހަނާ ނީލަމުގައި ވިއްކުމުން 196 މިލިއަން ޑޮލަރު ލިބިފައިވޭ --

އޮސްޓްރޭލިއާގެ ބިލިއަނަރެއް ކަމަށްވާ ހެއިޑީ ހޯޓެން ގެންގުޅުނު ޖަވާހިރުތަކެއް ނީލަމަށް ލައިގެން ރެކޯޑު އަދަދެއްގެ ބޮޑު ފައިދާއެއް ހޯދައިފިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ނީލަމަށް ލައިގެން ހޯޓެންގެ 700 ވަރަކަށް ޖަވާހިރު ވަނީ ވިއްކާލާފައެވެ. މި ޖަވާހިރުތަކަށް ވަނީ 196 މިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ. މިއީ މިހާތަނަށް ނީލަމެއްގައި އަމިއްލަ ފަރާތެއްގައި ޖަވާހިރު ވިއްކައިގެން ލިބުނު އެންމެ ބޮޑު އަދަދެެވެ.

ހޯޓެންގެ އެކި ކަހަލަ ފަށްތަކާއި އެނޫން ވެސް ގަހަނާތައް ވިއްކާލައިގެން މުގުރާލާފައިވަނީ 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް އޮތް ރެކޯޑެކެވެ. މީގެ ކުރީން ޖަވާހިރުތަކެއް ވިއްކާލައިގެން ރެކޯޑެއް ގާއިމުކުރީ ލެޖެންޑަރީ ތަރި އެލިޒަބެތު ޓޭލާއެވެ. އެލިޒަބެތުގެ ޖަވާހިރުތައް ވިއްކައިގެން ލިބިފައިވަނީ 116 މިލިއަން ޑޮލަރެވެ.

ބިލިއަނަރު ހެއިޑީ ހޯޓެން --

މިދިޔަ އަހަރު ހޯޓެން މަރުވެފައިވާއިރު އޭނާގެ މިލްކިއްޔާތުގައި ތިން ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސްއިން ލަފާކުރެއެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޮލަރަކީ އޭނާގެ ކުރީގެ ފިރިމީހާ ހެލްމަޓް ހޯޓެން 1987 ވަނަ އަހަރު މަރުވުމާއެކު އޭނާއަށް ވާރުތަވި މިލްކިއްޔާތެވެ.

އާޓް ކަލެކްޓަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ހޯޓެން މުއްސަނދިވި ގޮތާ މެދު ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އެބައޮތެވެ. އެގޮތުން އޭނާ މުއްސަނދި ވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހާލުގައި ޖެހުނު މީހުންގެ އަތުން ހެޔޮ އަގުގައި ޖަވާހިރާއި ގަހަނާތައް ގަނެގެން، އެ ގަހަނާ ބޮޑު އަގުގައި ވިއްކައިގެން ކަމަށް އެ މީހުން ބުނެއެވެ.

ހެއިޑީ ހޯޓަންގެ ގަހަނާ --

އެއީ، އޭރު ޖަރުމަނުގައި ވެރިކަން ކުރި ނާޒީންގެ އަނިޔާއިން ސަލާމަތް ވެވެން އިތުރު ގޮތެއް ނެތިފައި ތިބި އެތައް ބައެއްގެ ފައިދާ ނަގައިގެން ހޯޓެން އޭނާގެ މިލްކިއްޔާތު އިތުރު ކުރުމުގެ ގޮތުގައި އެ މީހުން ވަނީ ސިފަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ ނީލަން ނުބާއްވައި، މައްސަލަ ބަލަން ވެސް އެތައް ބަޔަކު ގޮވައިލިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު