ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ހަދަން އީޕީއޭގެ ޓީމެއް ދަނީ

ދިއްދޫ ފަރުމައްޗަށް ބާޖެއް އަރައިފައި--- ސަން ފޮޓޯ/ ކިޔުންތެރިއެއް

ހއ. ދިއްދޫ ފަރުމައްޗަށް އެރި ޓަގުގެ ސަބަބުން އެ ރަށު ފަރަށް ލިބުނު ގެއްލުމުގެ ސާވޭއެއް ހެދުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޓީމެއް އެ ރަށަށް ދާން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ހެނދުނު ދިއްދޫ ފަރަށް އެރީ އެމްއެމް އެކްސްޕޯޓްގެ ޓަގް ބޯޓަކާއި ބާޖެކެވެ. ހަމަ އެ ދުވަހު ބާޖު ފުންކުރި ނަމަވެސް ޓަގު ބޯޓު ފުން ކުރެވުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުއެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ ޓަގު ފުން ނުކުރެވި ގިނަ ދުވަސްތަކެއް ވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ފަރަށް ލިބުނު ގެއްލުންތައް ދިރާސާކުރުމަށް އީޕީއޭގެ ޓީމެއް ވަރަށް އަވަހަށް އެ ރަށަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެ ރަށު މީހަކު މީގެ ކުރިން "ސަން"އަށް ބުނެފައިވަނީ ޓަގުބޯޓާއި ބާޖު އަަރައިފައިވަނީ ދިއްދޫ ފަރުގެ ވަރަށް ރީތި، މަސްވެރިކަން ވެސް ވަރަށް ރަނގަޅު ހިސާބަކަށް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް