ވިންޑޯޒް 11ގެ ފޮޓޯއެޕްއަށް އާ ސްލައިޑްޝޯ ފީޗާއެއް

ވިންޑޯޒް 11ގެ ފޮޓޯސް އެޕްއަށް ތައާރަފު ކުރި ސްލައިޑްޝޯ ފީޗާ ---

މައިކްރޮސޮފްޓުން ވިންޑޯޒް 11ގެ ފޮޓޯސް އެޕްލިކޭޝަންއަށް އާ ފީޗާތައް ތައާރަފުކޮށް، އަޕްޑޭޓްތައް ގެނެސްފިއެވެ.

އާ ފީޗާތައް ޓެސްޓު ކުރާ އާންމު ފަރާތްތަކަށް އެންމެ ފުރަތަމަ ލިބޭ ގޮތަށް ނެރުނު އަޕްޑޭޓްތަކާއެކު މައިކްރޮސޮފްޓްއިން ވަނީ، ވިންޑޯޒް 11ގައި ސްލައިޑްޝޯ ހެދޭނެ ފީޗާއެއް އިތުރުކޮށް، ޓައިމްލައިން ސްކްރޯލްބާ އާއި ސްޕޮޓް ފިކްސް ފަދަ ފީޗާތައް ވެސް ތައާރަފުކޮށްފައެވެ.

ސްލައިޑްޝޯގެ ތަޖުރިބާއާއެކު، ސްލައިޑްޝޯ ފޯމެޓްގައި ފޮޓޯތައް ބަލައި، ޓްރާންސިޝަންތަކާއި އެނިމޭޝަންތައް ވެސް ހިމެނޭނެއެވެ. އަދި އެޕްގައި ހުންނަ 25 އޮރިޖިނަލް މިއުޒިކް ސައުންޑްޓްރެކްއިން މިއުޒިކް އިޚްތިޔާރުކޮށް، ސްލައިޑްޝޯގައި ބޭނުންކުރެވޭނެއެވެ.

ވިންޑޯޒް 11ގައިވާ ފޮޓޯސް އެޕް ތައާރަފު ކުރި ފަހުން ގިނަބަޔަކު އެންމެ ބޮޑަށް އެދުނު ފީޗާއަކީ މިއީ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޓައިމްލައިން ސްކްރޮލްބާ ފީޗާއިން، އޯލް ފޮޓޯސް، ވަންޑްރައިވް އަދި އައިކްލައުޑް ފޮޓޯސް ގެލަރީގައި ހުންނަ ފޮޓޯތައް އެ ފޮޓޯ ނަގާފައިވާ އަހަރުން ތަރުތީބުކޮށްގެން ބެލޭނެއެވެ.

މީގެ އިތުރުން ތައާރަފުކޮށްފައިވާ، ސްޕޮޓް ފިކްސް ފީޗާ ބޭނުންކޮށްގެން، ފޮޓޯތަކުން ފެންނަން ބޭނުން ނުވާ ތަންތަން ފޮހެލައި، ކުދިކުދި އެޑިޓްތައް ގެނެވޭނެއެވެ.

މީގެ އިތުރުން ވީޑިއޯ ފައިލްތަކުގައި ހުންނަ އޯޑިއޯ ޑިފޯލްޓްކޮށް މިއުޓްވެފައި ހުންނަ މައްސަލަވެސް އެ ކުންފުނިން ވަނީ މިއަޕްޑޭޓްއާއެކު ހައްލުކޮށްފައެވެ. މި އެޕްލިކޭޝަނުން މިހާރު އޯޑިއޯ ޑިފޯލްޓްކޮށް ޕްލޭވާއިރު، ވީޑިއޯތަކުގައި ޔޫޒާ ސެޓިންތައް ހެދެން ހުންނާނެއެވެ.

comment ކޮމެންޓް