ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި ގޮފިގަނޑެއް ވިއްސައިގެން ގޮސް ބޮލުގައި ޖެހި އަނިޔާވެގެން ފަރުވާދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:03 ހާއިރު ކަމަށެވެ. އަދި އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.
ގޮފިގަނޑަކުން ޖެހި އަނިޔާވެ މަރުވީ 61 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.