ކުޅުދުއްފުށީގައި ބާއްވާ އުރީދޫ ފަންރަން މިފަހަރު އެސްއެސްޓީވީން ގެނެސްދޭނެ

"އުރީދޫ ފަން ރަން" ގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް އެސްއެސްޓީވީ ހަމަޖެއްސުމުގެ ތެރެއިން--- ފޮޓޯ/ސަން

ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާފައިވާ "އުރީދޫ ފަން ރަން"ގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް އެސްއެސްޓީވީ މިއަދު ހަމަޖައްސައިފިއެވެ.

އަންނަ ހުކުރުދުވަހު ބޭއްވުމަށް ނިންމާފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރިލްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފަން ރަން އަކީ މިއަހަރު ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަންގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް އެސްއެސްޓީވީ ހަމަޖެހިގެން ދިއުމާއި ގުޅިގެން, އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން ވިދާޅުވީ، އުރީދޫ ފަން ރަން ހަރަކާތުގެ ބްރޯޑްކާސްޓިންގ ޕާޓްނަރެއްގެ ހައިސިއްޔަތުން އެސްއެސްޓީވީން މަސައްކަތްކުރާނީ، މި ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށްކަމަށެވެ.

އުރީދޫން މި ރަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހަ އަހަރުން މަތީގެ ހުރިހާ ކުދިންނާއި މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް އުފާވެރި ހަރަކާތަކަށް ވެގެންދާނޭކަމަށް އުރީދޫން ބުނެއެވެ.

ކުޅުދުއްދުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން" އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްއެސްޓީވީން ވަނީ މީގެކުރިން އުރީދޫ އާއި މަޝްހޫރު ޓީއެފްޖީން ބޭއްވި ދުވުމުގެ ބައެއް އިވެންޓްތައްވެސް އެސްއެސްޓީވީގެ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

comment ކޮމެންޓް