ބްރިޖު މަސައްކަތު ބާޖު ފަރަށް ނާރާ، ނަގިލި ކަހައިލައި ދިޔައީ ފަރާ ދިމާއަށް

ފަރަށް އަރައިފައިވާ އެފްކޮންސްގެ ޕްލެޓްފޯމް -- ފޮޓޯ/ ސޯޝަލް މީޑިއާ

ތިލަމާލެ ބްރިޖު މަސައްކަތުގައި ބޭނުންކުރާ ބާޖު ވިލިމާލެ ފަރަށް އަރައިފައިނުވާ ކަމަށާއި ބާޖު އޮޔާއެކު ފަރާ ދިމާއަށް ދިޔައީ ނަގިލި ކަހައިލުމުންކަމަށް ބްރިޖު އޮފީހުން ބުނެފިއެވެ.

ފަރާ ދިމާއަށް އޮޔާ ދިޔައީ ބްރިޖު މަސައްކަތުގައި ބޭނުންކުރާ ސިމެންތި އުފުލާ ބާޖެކެވެ. ނަގިލި ކަހައިލައި އެ ހާދިސާ ހިނގީ ރެއެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ތިލަމާލެ ބްރިޖްގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ސަން"އަށް ވިދާޅުވީ އެ ހަަދިސާ ހިނގުމާއެކު ވަގުތުން ބާޖު ކޮންޓްރޯލުކުރުމަށް މަަސައްކަތް ކުރިކަމަށެވެ.

"ވިލިމާލެ ފަރާ ކައިރިއަށް އެ ބާޖް ދިޔައީ ނަގިލި ކަހާލައިގެން. ފަރަށް އެރުމުގެ ކުރިން ބާޖް ވަނީ ދުރުކޮށްފައި،" ޖިނާން ވިދާޅުވިއެވެ.

ނަމަވެސް އެއްވެސް މިންވަރަކަށް ފަރުގައި ޖެހި ގެއްލުންވެފައިވޭތޯ ޔަގީންކުރާނެކަމަށް ޖިނާން ވިދާޅުވިއެވެ.

މީގެ ކުރިން މިދިޔަ އަހަރު އޯގަސްޓު މަހު ވެސް ބްރިޖު މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށްވަނީ އަރައިފައެވެ.

https://sun.mv/167354

އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއް އީޕީއޭގެ އޮބްޒާވަރުންނާއެކު ކުރިއެވެ.

އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށްފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި އެފްކޯންސްއިން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އީޕީއޭއިން އެންގިއެވެ. އެ ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ވެސް ސަރުކާރުން ބުންޏެވެ.

https://sun.mv/171320

އެއާއެކު ހަމަ މިދިޔަ އަހަރު ބްރިޖު މަސައްކަތުގައި ބޭނުންކުރި ކެރޭނެއް ބިންދައިގެން ގޮސް ވެސް ހާދިސާއެއް ހިނގިއެވެ.

comment ކޮމެންޓް