މޫދަށް ދިޔަ މީހަކު އައުން ލަސްވެ ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެ

ލ. ގަން ރީޖިނަލް ހޮސްޕިޓަލް ---

ލ. ގަމުގައި ހެނދުނު މޫދަށް ދިޔަ މީހަކު ގެއަށް އައުން ލަސްވެ ހޯދަމުން ދަނިކޮށް ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މި ކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލް ރައީސް އަހްމަދު ޒަކީ ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ އުމުރުން 64 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ މައުލޫމާތު ދިން ގޮތުގައި އެ މީހާ މޫދަށް ދިޔައީ ހެނދުނެވެ.

ގެއަށް އައުން ލަސްވެ ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ މެންދުރު 01:30ހާއިރެވެ.

މިހާރު ލ.ގަމު ހޮސްޕިޓަލަށް ގެންގޮސް ހިނަވައި ވަޅުލުމަށް ތައްޔާރުވަމުން އަންނަކަމަށް ޒަކީ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ފުލުހުން އަންނަނީ އެ ފަދަ މައްސަލައެއް ހުށަހަޅައިފައިވޭތޯ ބަލަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް