ތޮއްޑޫގައި ބިދޭސީއެއްގެ ކަރަށް ވަޅި ހަރައި، ޒަޚަމްކޮށްލައިފި

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. ތޮއްޑޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި، ޒަޚަމްކޮށްލައިފިއެވެ.

އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ހަމަލާދީފައި ވަނީ ބަންގްލަދޭޝް ފިރިހެނަކަށެވެ. އެކަމާ ގުޅިގެން ތޮއްޑޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުﷲ ޝިފާޒް މިރޭ "ސަން"އަށް ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ މީހާއަށް ފަރުވާދީ، މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ތޮއްޑުއިން ވާހަކަދެއްކި މީހަކު ބުނީ، ޒަޚަމްވި ބަންގްލަދޭޝް މީހާއަށް ހަމާލާދިނީ އިންޑިއާ ފިރިހެނެއް ކަމަށެވެ. އަދި، ހަމަލާދިން އިންޑިއާ މީހާ އޭގެ ފަހުން ފިލާފައިވާ ކަމަށާއި އެ މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހާ ވަނީ ބުނެފައެވެ.

އެނގިފައިވާގޮތުގައި ޒަޚަމްވި ބަންގްލަދޭޝް މީހާއަކީ އެ ރަށު ފިހާރައެއްގައި، ސޭޓަކަށް މަސައްކަތްކުރާ މީހެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުނުދޭތީ، ފުލުހުންގެ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް