އެސްއެމްއީ ހަބުން ކެރަމް އަދި ރާޒުވާ މުބާރާތެއް!

އެސްއެމްއީ ހަބް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެސްއެމްއީ ހަބުން ކެރަމް އަދި ރާޒުވާ މުބާރާތެއް ރޭ ފަށައިފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިތަކަށް ވިޔަފާރިކުރުމުގެ ފަހި ފުރުސަތެއް ހޯދައިދޭން ސަރުކާރުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި އެސްއެމްއީ ހަބުން ބާއްވާ މި މުބާރާތްތައް ކުރިއަށް ދަނީ އެ ތަނުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައެވެ.

މި މުބާރާތްތައް ފެށީ އިއްޔެއެވެ. އަދި މި މުބާރާތްތައް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެސްއެމްއީ ހަބުން މައުލޫމާތު ދެއެވެ.

ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ދާ މި މުބާރާތްތަކުގެ ތެރެއިން ރާޒުވާ މުބާރާތުގައި 100 މީހަކު ބައިވެރިވެފައިވެއެވެ. އަދި ކެރަމް ގައި 80 މީހަކު ބައިވެރިވެފައިވެއެވެ.

މި މުބާރާތްތަކަށް ހުށަހަޅާފައިވާ ވަނަ ތަކަކީ:
ކެރަމް މުބާރާތުގެ:

- އެއްވަނަ: 8،000 ރުފިޔާ
- ދެވަނަ: 4،000 ރުފިޔާ
- ތިންވަނަ: 2،000 ރުފިޔާ

ރާޒުވާ މުބާރާތުގެ:

- އެއްވަނަ: 8،000 ރުފިޔާ
- ދެވަނަ: 4،000 ރުފިޔާ

މި މުބާރާތްތަކުގެ ތެރެއިން ކެރެމަ މުބާރަތް ކުރިއަށް ދަނީ ނޮކް އައުޓް މުބާރާތެއް ގޮތަށް، ޑަބަލްސް މުބާރާތެއްގެ ގޮތަށެވެ. އަދި ރާޒުވާ މުބާރާތް ބާއްވަނީ 2/3 މިނިޓް ބްލިޓްޒް މުބާރާތެއް ގޮތަށް ނޮކްއައުޓް ފޯމެޓަށެވެ.

comment ކޮމެންޓް