ރާއްޖެ އެތެރެ ކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 15ވަނަ ދުވަހު ކޮރިއާ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނަސްފައިވާ ޕެކޭޖެއްގެތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެ ތަކެތި ބަލައިފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލައިފާސް ކުރެވުނު ޕެކޭޖުގައި ހުރި ހަތަރު ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރުއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްއިން ބުންޏެވެ. އަދި، މި ތަކެތިީގެ ބަރުދަނުގައި ޖުމްލަ 1،040 ގްރާމް ހުރި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތީގެ މަގުމަތީ އަހު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްމަޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކޮރިއާ މެދުވެރިކޮށް އަދި ވައިގެމަގުންނާ ޕޯސްޓް މެދުވެރިކޮށް ވެސް ރާއްޖެއަށް މަސްތުވާތަކެތި ގެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރެވެ.

comment ކޮމެންޓް