ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެ އެއްވަނަ ޝަޔާނަށް!

ނިލަންދޫތަރި ގުރުއާން މުބާރާތުގެ އެއްވަނަ ޝަޔާން އަހްމަދު ރަޝީދު --

ފ. ނިލަންދޫގައި މިދިޔަ ރަމަޟާން މަހު ބޭއްވި އެސްޓީއޯ ނިލަންދޫތަރި ޤުރުއާން މުބާރާތުގެ އެއްވަނަ އުމުުރުން 14 އަހަރުގެ ޝަޔާން އަހްމަދު ރަޝީދު ހޯދައިފިއެވެ.

މިއީ ނިލަންދޫތަރި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ އާއި ސްޓެލްކޯއެވެ.

މި މުބާރާތުގެ ދެވަނަ ހޯދައިފައިވަނީ އުމުރުން 13 އަހަރުގެ ރައްޔާ ހާމިދެވެ. އަދި ތިންވަނަ ހޯދައިފައިވަނީ 15 އަހަރުގެ ޝަމްހާން އަބްދުލްޖަލީލެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ދެ އޮޑިޝަނެއް ބާއްވައިފައިވާއިރު ސްޓޭޖް ބުރަށް ދަތުރުކުރީ 12 ބައިވެރިންނެވެ. ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އޮތް މި މުބާރާތުގެ ދެވަނަ ޝޯގައި ތިން ބައިވެރިން ވަކިވި އިރު އޭގެ ފަހުން ކޮންމެ ރެޔަކު ދެ ބައިވެރިން ވަކިވަމުން ދިޔައެވެ.

ފައިނަލުގައި ވާދަކުރީ ތިން ބައިވެރިންނެވެ. ފައިނަލް ބުރު ހޮނިހިރު ދުވަހުގެ ރޭ އޮތްއިރު، ފައިނަލް ބުރު ޝަރަފްވެރި ކޮށްދެެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޚަލީލެވެ.

މި މުބާރާތުގެ އެއްވަނައަށް 15،000 ރުފިޔާ ލިބޭއިރު ދެވަނައަށް ލިބެނީ 7،000 ރުފިޔާއެވެ. އަދި ތިން ވަނައަށް 5،000 ރުފިޔާއެވެ. އަދި އެއްވަނައަށް ދާ ބައިވެރިއަކަށް ފ. ނިލަންދޫ ޑޯން ޖަމިއްޔާގެ ފަރާތުން އުމްރާ ދަތުރެއް ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް