ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ ރަސްމީ ގަޑިތައް ކަނޑައަޅައިފި

ރައީސް އޮފީސް

ކުރިއަށްއޮތް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ ރަސްމީ ގަޑިތައް ރައީސް އޮފީހުން އާއްމުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާގޮތަށް މި އަހަރުގެވެސް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އަންގަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ 2022/4 ވަނަ ނަންބަރު ދެންނެވުމުގައެވެ. ރަމަޟާންމަހުގެ ރަސްމީ ގަޑި އާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސް އޮފީހުން ބުނެއެވެ.

އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.

comment ކޮމެންޓް