މާދަމާއަކީ ފިތުރު އީދު ދުވަސް، އީދު މުބާރަކް!

މާލޭ އިސްލާމީ މަރުކަޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު އިރުއޮއްސުނު ވަގުތު މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަަށަވަރު ވާކަމަށެވެ. އަދި ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައި ވާކަމުގެ މައުލޫމާތު ރަސްމީ ގޮތުން ވެސް ލިބިފައި ވާކަމަށެވެ.

އެހެންކަމުން، އިސްލާމިކް މިނިސްޓްރީން ވަނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރަން ރާއްޖޭގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން މާދަމާއަކީ އީދު ދުވަސްކަމަށް ކަނޑައަޅައިފައެވެ.

މާދަމާގެ ފިތުރު އީދު ނަމާދު ގްރޭޓާ މާލެ އޭރިއާގެ ހަ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ވަނީ ކުރަން ހަމަޖެހިފައެވެ. އެގޮތުން މާލޭގައި އީދު ނަމާދު ކުރާނީ، މާފަންނު ސްޓޭޑިއަމާއި އިސްލާމީ މަރުކަޒު ސަރަހައްދާއި ސަލްމާން މިސްކިތް ސަރަހައްދުގައެެވެ.

ގުޅޭ ޓެގު
comment ކޮމެންޓް