ހުއްޓުމެއް ނެތި ސާއިދު ބާރަށް ކުރިއަށް، ގްރޭންޑް ޕްރީގައި މިފަހަރު ހޯދީ ރިހި މެޑަލް

ސާއިދު ----

އިންޑިއާގައި ކުރިއަށްދާ އިންޑިއަން ގްރޭންޑް ޕްރީގެ ހަތަރުވަނަ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހި މެޑަލް ހޯދައިފިއެވެ.

ގްރޯން ޕްރީގެ ހަތަރު ވަނަ މުބާރާތުގައި ސާއިދު ރިހި މެޑަލް ހޯދީ 100 މީޓަރު ދުވުމުންނެވެ. އޭނާ ވަނީ އެ ރޭސް 10.53 ނިންމައި ރިހި މެޑަލް ހޯދައިފައެވެ.

ސާއިދަށް ވުރެ ބާރަށް ދުވެ އެ ރޭހުގެ ރަންމެޑަލް ހޯދީ އައްސާމްގެ އަމްލާން ބޯގޮހޭންއެވެ. އޭނާ އެ ރޭސް ކާމިޔާބުކުރީ 10.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދު ވަނީ ގްރޭންޑް ޕްރީ ތިންވަނަ މުބާރާތުގައި ވާދަކޮށް ދެ ބްރޯންޒް މެޑަލް ވެސް ހޯދައިފައެވެ.

ސާއިދު ބްރޯންޒް މެޑަލް ހޯދައިފައިވަނީ 100 ދުވުމުންނާއި 200 މީޓަރު ދުވުމުންނެވެ. އޭނާ 100 މީޓަރު ރޭސް 10.61 ސިކުންތިން ރޭސް ނިންމިއިރު 200 މީޓަރު ރޭސް ސާއިދު ނިންމީ 21.72 ސިކުންތުންނެވެ.

ސަތޭކަ މީޓަރު ރޭހުގެ ރަން މެޑަލް ކާމިޔާބުކޮށްފައިވަނީ އައްސާމްގެ އަމްލާން ބޯގޮހޭންއެވެ. އޭނާ އެ ރޭސް ނިންމީ 10.50 ސިކުންތުންނެވެ. އަދި, 200 މީޓަރު ރޭހުގެ ރަން މެޑަލް ހޯދި ޗަތިސްގަރުގެ އަނިމޭޝް ކުޖުރު ރޭސް ނިންމީ 21.20 ސިކުންތުންނެވެ.

އިންޑިއަން ގްރޭންޑް ޕްރީ ތިންވަނަ މުބާރާތުގައި ރާއްޖޭގެ ޒިވާ ބްރޯންޒް މެޑަލް ކާމިޔާބުކޮށްފައިވަނީ އަންހެނުންގެ 200 މީޓަރު ރޭހުންނެވެ. 26.84 ސިކުންތުން ރޭސް ނިންމައިގެން ޒިވާ ހޯދި އެ މެޑަލަކީ ސީނިއާ ކެރިއަރުގައި ޒިވާއަށް ލިބުނު ފުރަތަމަ މެޑަލެވެ.

ދުއިސައްތަ މީޓަރުގެ އަންހެނުންގެ ދުވުމުގައި ޒިވާއަށް ވުރެ ބާރަށް ދުވެ އެ ރޭހުގެ އެއްވަަނަ ހޯދައިފައިވަނީ ސްޕްރިންޓަރު އައްސާމްގެ ހިމާ ދާސްއެވެ. 23.77 ސިކުންތުން ރޭސް ނިންމި ހީމާ އަކީ އިންޑިއާގެ ގައުމީ ޓީމުގެ އެންމެ ބާރަށް ދުވާ އެއް އަންހެން ދުވުންތެރިޔާއެވެ.

comment ކޮމެންޓް