އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ތާބިތް ހައްޖު އެންޑް އުމަރާ ގްރޫޕާއެކު އުމްރާއަށް ގޮސް އުޅެނިކޮށް ރޭ ގެއްލުނު ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ ފެނިފައި ވާކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

މިކަމާ ގުޅިގެން ތާބިތް ހައްޖު އެންޑް އުމްރާގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ، އޭނާ ފެނުން އިރު ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ ފެނިފައި ވަނީ، އެހެން ގްރޫޕެއްގެ ހޮޓަލުން ކަމަށެވެ.

ވަހީދާ ގެއްލިފައި ވަނީ ރޭ ދަމުނަމާދަށް އާއިލާ މެމްބަރުންނާއެކު ގޮސް އުޅެނިކޮށެވެ. އޭނާ ގެއްލުނު އިރު، އޭނާގެ މޯބައިލް ފޯނާއި ކާޑު އަދި ދަބަސް ވީ އާއިލާ މެމްބަރުން އަތުގައެވެ.

މިފަދަ ހާދިސާތައް ކޮންމެ އަހަރަކު ވެސް މަދުން ނަމަވެސް ހިނގާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް