ހދ. ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "ކުޅުދުއްފުށި ޤުރުއާން މުބާރާތް 1444" މުބާރާތުގެ އެއްވަނައަށް އަފީފުއްދީން ސްކޫލުގެ ދަރިވަރު މުޙައްމަދު ޢައްމާރު އަހުމަދު ނަސީމް ސްނޯރޯސް، ހޮވިއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ފެށި މި މުބާރާތުގައި ވަނީ ޖުމްލަ 165 ދަރިވަރުން ބައިވެރިވެފައެވެ. މުޅި މުބާރާތުން އެއްވަނައަށް މުޙައްމަދު ޢައްމާރު ހޮވުނު އިރު ދެވަނައަށް ހޮވުނީ ހުސައިން ޔާނިމް ރައުޟް، ހދ ނެއްލައިދޫއެވެ. ބުބާރާތުގެ ތިންވަނަ ކާމިޔާބުކުރީ އއ. ހިމަންދޫ، ނޫމަރާމަންޒިލް، އައިޝަތު ޝައިނާއެވެ.
މި ޤުރުއާން މުބާރާތުން އެއްވަނަ ސުކޫލަކަށް އަފީފުއްދީން ސުކޫލް ހޮވައިފައިވާއިރު މުޅި މުބާރާތުން އެއްވަނަ ޤުރުއާން ކުލާހަކަށް ވަނީ އުލޫމުލް ޤުރުއާން ކުލާސް ހޮވިފައެވެ.

މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުން --
މުޅި މުބާރާތުގެ ގަދަ ދިހައެއްގައި ހިމެނުނު ބައިވެރިން
- މަރިޔަމް އަޒްކާ އަލީ / ނާރެސް
- އާމިނަތު އަމާނީ އަހްމަދު / ޒަމްޒަމް
- އަލްސަން އަލީ / ލަކުސްގެ
- އައިޝަތު ހިޝްމާ ފަހުމީ / ހަވީރީހިޔާ
- މަންހާ އާދަމް / ފޯޅަވަހި
- ލައިބާ ތާރިގު / އައްސޭރި
- މުޙައްމަދު ފާއިގު ހުސައިން ފަހުމީ / ޓޯކިޔޯގެ
- ޔޫސުފް އިބްރާހީމް / ފަރެސް
- އައިޝަތު ޝައިނާ / ނޫމަރާ މަންޒިލް
- ހުސައިން ޔާނިމް / ރައުޟް
- މުޙައްމަދު އައްމާރު އަހުމަދު ނަސީމް / ސްނޯރޯސް
ކުޅުދުއްފުށީ ކައުންސިލުން ބުނީ މި އަހަރު މުޅިން އަލަށް ފެށި މި ޤުރުއާން މުބާރާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ސިޓީ ކައުންސިލްގެ ފަރާތުން ފައިސާގެ އިނާމު ދީފައިވާ ކަމަށެވެ.
އޭގެ ތެރޭގައި މުބާރާތުގެ އެއްވަނައަށް ހޮވުނު ދަރިވަރަށް 2000 ރުފިޔާ، ދެވަނައަށް 15،00 ރުފިޔާ އަދި ތިންވަނަ ދަރިވަރަށް 1،000 ރުފިޔާ މިއަދު ހަވާލުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުންނަށް ވެސް ކޮންމެ ދަރިވަރަކަށް 1،000 ރުފިޔާގެ އިނާމް ވަނީ ކައުންސިލުން ހަވާލުކޮށްފައެވެ.