ރަމަޟާން ކްރިކެޓް ކާނިވަލް: އޮފްއެފްސީ އަދި އޭއާރުސީއަށް ފަސޭހަ މޮޅެއް

ރަމަޟާން ކުރިކެޓް ކާނިވަލް މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން--- ފޮޓޯ/ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި މިއަދު ކުޅުނު މެޗްތައް އޮފްއެފްސީ އަދި އޭއާރުސީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ.

މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ އޮފްއެފްސީ އާއި ކިންޒާ އެވެ.

މި މެޗުގައި ކިންޒާގެ މައްޗަށް އޮފްއެފްސީން ކުރިހޯދީ 13 ލަނޑުންނެވެ. ޓޮސް ދިމާވުމުން އޮފްއެފްސީ ކުޅެން އަރައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 97 ލަނޑު ހަދާފައެވެ. މި އިނިންގްގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ 25 ލަނޑުހެދި އަހުމަދު އަފްޒަލާއި، 17 ލަނޑުހެދި އަހުމަދު މަހްލޫފެވެ.

ޖަވާބުގައި ކިންޒާ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ.

އޭއާރުސީ އާއި މެރީކޯނަގެ ކުރިމަތިލުން އޭއާރުސީން ކާމިޔާބުކުރީ، 103 ލަނޑުންނެވެ. ޓޮސް ދިމާވުމުން އޭއާރުސީ ކުޅެން އަރައި 8 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިގެން ވަނީ 183 ލަނޑު ހަދާފައެވެ.

ޖަވާބުގައި މެރީކޯނާ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ.

ރަމަޟާން ކުރިކެޓް ކާނިވަލް މުބާރާތުގެ މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އޭވީއޭ އާއި އެމްއޭސީއެލްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކޭޑީއެމެވެ.

comment ކޮމެންޓް