ޢުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު އެ ބިމުގައި ނިޔާވެއްޖެއެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫ، ހިޖުރަ، އުމުރުން 68 އަހަރުގެ މުހައްމަދު ރަފީއުއެވެ. މިއަދު ފަތިސް ނަމާދަށް ފަހު، މައްކާގެ މަސްޖިދުލް ހަރަމްގައި ވަނީ އޭނާގެ މައްޗަށް ކަށު ނަމާދު ކޮށްފައެވެ.

ރަފީއު ނިޔާވީ، ރޯގާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

އުމްރާގެ އަޅުކަން ކުރުމަށް މައްކާއަށް ގޮސް އުޅެނިކޮށް ދިވެއްސަކު ނިޔާވެފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ވެސް އުމްރާއަށް ގޮސް އުޅުނު ގދ. ފަރެސްމާތޮނޑާ، ދިލްދާރުގެ އާމިނަތު ރަޝީދާ ނަމަކަށް ކިޔާ 84 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ.

މި އަހަރުގެ ރަމަޟާން އުމްރާ ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ ދިވެހިން މައްކާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިިންް އެއް ބަޔަކު މިހާރު ފުރާފައިވާއިރު ބާކީ ތިބި އެންމެ އަންނަ ހަފުތާގެ ތެރޭގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް