ނިދަން އުނދަގޫ ވޭތަ؟ ގޮަދަޑި ގޯހީ ކަމަށް ވެދާނެ

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް, ކޮންމެ މީހަކަށް ވެސް ފުރިހަމައަށް ނިދި ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަމަކު މަސައްކަތާއި ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ގިނަ ފަހަރަށް ރަނގަޅަށް ނިދާލަން ފުރުސަތެއް ނުލިބެއެވެ. އެންމެ ފަހުން އެނދުގައި ޖައްސައިލެވޭ ހިސާބުން ވެސް ރަނގަޅަށް ނިދޭނެ ކަމުގެ ޔަގީން ކަމެއް ނޯވެއެވެ.

އެއީ ނިދާ ގޮދަޑީގެ ސަބަބުން ކަމަށް ވެދާނެއެވެ.

ރަނގަޅު ނިންޖަކަށް މީހާއާ ގުޅޭނެ ކަހަލަ ގޮދަޑިއަކީ ވަރަށް މުހިއްމު ރޯލެއް ކުޅޭ އެއްޗެކެވެ. މީހާއާ ނުގުޅޭ ގޮދަޑިއެއްގެ ސަބަބުން ރަނގަޅު ނިދި ލިބުމަށް ވަރަށް ދަތިވެއެވެ.

ރަނގަޅު ނިންޖެއް ލިބުމަށް ގިނަ ކަންތައްތަކެއް ހުރެއެވެ. އެކަމަކު އެންމެ މުހިންމީ ނިދާ ގޮދަޑީގެ ފެންވަރެވެ. ހާއްސަކޮށް ގޮދަޑިއަކީ ތިމާގެ ހަށިގަނޑާ ގުޅޭ އެއްޗެއް ތޯ ޔަގީން ކުރުމެވެ.

އިންޑިއާގެ ޕަލްމޮނޮލޮޖިސްޓް އަދި ސްލީޕް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އަނަންތު ގުޕްތާ ބުނަނީ، މީހާގެ އުމުރު މައްޗަށް ދާ ވަރަކަށް ހަށިގަނޑު ވަރުބަލިވާން ފަށާނެ ކަމަށެވެ. އެއީ ކުޑައިރު ރަނގަޅަށް ނިދި ނުލިބި، ބޮޑު ވަމުން އަންނަ އިރު ނިދަން ޖެހޭ ވަރަށް ނުނިދުމުގެ ނަތީޖާއެއް ކަމަށް އޭނާ އިޝާރާތް ކުރިއެވެ.

އޭނާ ބުނީ މީހާގެ އާންމު ދުވަހެއްގެ ބޮޑުބައި ހޭދަ ކުރަނީ އިށީނދެ ނުވަތަ ކޮޅަށް އެއްވެސް ވަރަކަށް ހަރަކާތްތަކެއް ނުކޮށް ކަމަށެވެ. މި ކަންތައްތައް ބެލެންސް ކުރާ އެއް ކަމަކީ ގަޑި ހަމަކޮށްގެން ނިދުމެވެ.

އެގޮތުން ރަނގަޅު ނިންޖެއް ހޯދަން، ރަނގަޅު ކޮލިޓީ ގޮދަޑިއަކަށް އިންވެސްޓު ކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ ލަފާ ދޭ ގޮތުގައި އެކި ހާލަތްތަކުގައި މީހުން ގެންގުޅެން ޖެހޭނީ ތަފާތު ގޮދަޑިއެވެ. އެގޮތުން އަބަދު ބުރަކަށީގައި ރިއްސައި، އުނަގަނޑަށް އުނދަގޫވާ ނަމަ ހޯދަންވީ ތަންކޮޅެއް ހަރު ގޮދަޑިއެކެއެވެ. އަދި އަރިއަކަށް އޮވެ ނިދާ މީހުން މަޑު ގޮދަޑިއެއްގައި ނިދުން ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު