ބްރިޖް ކައިރީ އެކްސިޑެންޓެއް، ޒުވާނަކަށް ފަރުވާ ދެނީ

ފެބްރުއަރީ 18، 2021 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލޭ ބްރިޖް ލައިޓު ކައިރީ ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެކްސިޑެންޓްގެ ރިޕޯޓު ލިބިފައި ވަނީ، ރޭ ދަންވަރު 02:30 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ، ސައިކަލު ދުއްވަން އިން މީހާއަށެވެ. އެއީ 26 އަހަރުގެ ދިވެހި ޒުވާނެކެވެ. އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެކްސިޑެންޓުގައި ޒުވާނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ދާދި ފަހުން ވެސް ބްރިޖުގައި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓް ހިނގާފައި ވަނީ ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް އެމްޓީސީސީ ބަހުގައި ޖެހިއެވެ.

comment ކޮމެންޓް