''އެހެނަސް ހަމަ ލޯބިވެއޭ''ގެ އޯޑިއޯ ފޮތް ބައިސްކޯފަށް

ދިވެހިންގެ ތެރޭގައި 2012ވަނަ އަހަރު މަގުބޫލުވި "އެހެނަސް ހަމަ ލޯބިވެއޭ" ވާހަކަ ފޮތް ކިޔާލަން ނުލިބުނު މީހުނަށް މި ވާހަކަ އަޑުއަހާލަން ބައިސްކޯފުން ރަނުގެ ފުރުސަތެއް ފަހިކޮށްދީފިއެވެ.

"އެހެނަސް ހަމަ ލޯބިވޭ" މިއީ 2009ވަނަ އަހަރު އޮންލައިން ކޮށް ޝާއިއުކުރަން ފެށި ވާހަކަ ސީރީޒެކެވެ. ވާހަކައަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން 2012 ވަނަ އަހަރު ފޮތެއްގެ ސިފައިގައި މި ވާހަކަ ވަނީ ޝާއިއުކޮށްފައެވެ. އަދި އޭގެ ފަހުން "އެހެނަސް"ގެ ނަމުގައި 2019ވަނަ އަހަރު މިވާހަކަ އަސްލަކަށް ބަލައިގެން ވަނީ ބައިސްކޯފުގައި ސީރީޒް އެއް ދައްކާފައެވެ.

މިހާރު ބައިސްކޯފުން ނެރެމުންދާ "އެހެނަސް ހަމަ ލޯބިވެއޭ" އޯޑިއޯ ބުކްގެ ތަފާތަކީ މި އޯޑިއޯއާއި ސީރީޒް މުޅިން އެއްގޮތް ނުވުމެވެ.

އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބައިސްކޯފުން އަންނަނީ މި ވާހަކަ އޯޑިއޯ ފޮތެއްގެ ސިފައިގައި ނެރެމުންނެވެ.

މި ވާހަކަގެ ލިޔުންތެރިޔާ އަހުމަދު އިގްބާލް ބުނީ، މި ވާހަކަ އޯޑިއޯ ފޮތެއްގެ ސިފައިގައި ނެރެން ނިންމީ "އެހެނަސް ހަމަ ލޯބިވެއޭ" ކިޔަން ގިނަ ބަޔަކު އަދިވެސް ޝައުގުވެރިކަން ފާޅުކުރާތީ ކަމަށެވެ.

comment ކޮމެންޓް