މައިކަލް ޖޯޑަން އެރި ބޫޓެއް ނީލަމުގައި ވިއްކަނީ

ބާސްކެޓުގެ އެންމެ މަގުބޫލު ނަންތަކުގެ ތެރޭގައި ހިމެނޭ މައިކަލް ޖޯޑަން ފައިނަލް މެޗަކަށް އެރި ސްނީކާއެއް ނީލަަމަށް ލައި ވިއްކާލަން ތައްޔާރުވެއްޖެއެވެ.

ނައިކީ އާ ގުޅިގެން މައިކަލް ޖޯޑަން ވަނީ ޖޯޑަންސްގެ ނަމުގައި ވަކި ސްނީކާތަކެއް ތައާރަފުކޮށްފައެވެ. މި ބޫޓުތައް ގިނަ ބަޔަކަށް ވަރަށް ކަމުގޮސްފައިވާއިރު ވިއްކާލަން ތައްޔާރުވެފައިވަނީ މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ސްނީކާއެވެ.

ނީލަމަށް ލައިގެން ވިއްކާލަން ތައްޔާރު ވެފައިވަނީ 1998 ވަނަ އަހަރުގައި އެންބީއޭގެ ފައިނަލުގައި ޖޯޑަން އެރި އެއާ ޖޯޑަން 13 އެވެ. އެ މެޗުން ޖޯޑަންގެ ޓީމް މޮޅުވެ، އެ ޓީމުން އެންބީއޭގެ ތަށި އުފުލާލިއެވެ.

އެއީ ޖޯޑަން އެންބީއޭގެ "ޝިކާގޯ ބުލްސް"އަށް ކުޅުނު ވަދާއީ މެޗުގައި އަރައިގެން ހުރި ބޫޓު ކަމަށްވުމުން އޭގެ ޚާއްސަކަން އިތުރުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ގިނަ ބައެއްގެ މެދުގައި އެ މެޗަށް ނަން ދީފައި ވަނީ ޖޯޑަންގެ "ލާސްޓް ޑާންސް"ގެ ގޮތުގައެވެ.

ޖޯޑަންގެ ބޫޓު ވިއްކާލަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނީލަން ހަރަކާތެއްގެ ތެރެއިންނެވެ. މިފަދަ ބޫޓެއް މީގެ ކުރިން ވިއްކާލިއިރު އޭގެ އަގު 1.4 މިލިއަން ޑޮލަރަށް އެރިއެވެ. ނަމަވެސް މިފަހަރު ބޫޓު ވިއްކާލާ އިރު އޭގެ އަގު ހަތަރު މިލިއަން ޑޮލަރަށް ވުރެ އިތުރު ވާނެ ކަމަށް ނީލަން އިވެންޓު އިންތިޒާމުކުރާ ސޮދެބީސް އިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު