ރޯދަ މަހު އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި

އައިޖީއެމް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ބައެއް ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އައިޖީއެމްއެޗުން ބުނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އެ ހޮސްޕިޓަލުގެ ޑިޕާޓްމެންޓްތަކުން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗް އިން ގެނައި ބަދަލުތަކާ އެކީ، ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަންގެ ޚިދުމަތްތައް ރޯދަ މަހު ލިބޭނީ ހެނދުނު 9:00އިން ހަވީރު 4:00އަށެވެ. އަދި ލެބޯޓްރީގެ ޚިދުމަތްތަކުގެ ތެރެއިން ޓެސްޓްތައް ހެދުން ކުރިޔަށް ދާނީ ހެނދުނު 8:00އިން ހަވީރު 5:00އަށެވެ.

އޭގެ އިތުރުން ކައިގެން ދެގަޑިއިރުފަހުން ހަދާ ލޭގެ ޓެސްޓުތައް ރޯދަ މަހު ހަދައިދޭނީ ރޭގަނޑު 8:00 އާއި 10:00އާ ދެމެދުގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައި އަނެއް ޑިޕާޓްމެންޓަކީ އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓެވެ. އެ ޑިޕާޓްމެންޓުގައި އަލްޓްރާސައުންޑް ސްކޭނާއި ސީޓީ ސްކޭން ހަދައިދޭނީ ހެނދުނު 9:00އިން މެންދުރުފަހު 3:00އާ ހަމައަށެވެ. އެކްސްރޭ ނެގުން ކުރިއަށްދާނީ ހެނދުނު 8:00އިން މެންދުރު ފަހު 3:30އާ ހަމައަށެވެ. އަދި އެމްއާރްއައި ހެދުމުގެ ޚިދުމަތް ދޭނީ ހެނދުނު 8:00އިން ފެށިގެން ރޭގަނޑު 9:00އާ ހަމައަށެވެ.

އޭގެ އިތުރުން އީސީޖީ ހެދުން ހެނދުނު 8:30 އިން 14:30އާ ހަމައަށް އަދި ޕިޒިއޯތެރަޕީގެ ޚިދުމަތް ހެނދުނު 8:00 އިން މެންދުރު ފަހު 2:30އާ ހަމައަށް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ހާއްސަ ހިދުމަތްތައް މި ބަދަލުތައް ގެނައި ނަމަވެސް ޓްރޯމާ އެންޑް އިމާޖެންސީގެ ޚިދުމަތް 24 ގަޑިއިރު އެ ހޮސްޕިޓަލުން ލިބެމުން ދާނެއެވެ.

comment ކޮމެންޓް