ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް މިއަދު ވަޑައިގެންފިއެވެ.
ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާށެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުގެ މިނިސްޓަރުންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގަތީ ދޯހާގައި ކުރިޔަށްދިޔަ އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސާއި ޖަރުމަންގެ ބާލިންގައި ކުރިޔަށް ދިޔަ އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ޖަރުމަނާއި ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ.