ނައިވާދޫ ކަޓުވާލުމަށްފަހު އިނގުރައިދޫ ސެމީއަށް

އިނގުރައިދޫއާއި ނާވައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ޕެނަލްޓީން ނައިވާދޫ ބަލިކުރުމަށްފަހު އިނގުރައިދޫ ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު އެ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ވެސް ވަނީ ތިން ގޯލު ޖަހައިފައެވެ.

އެ މެޗުގައި އިނގުރައިދޫގެ ގޯލުތައް ޖެހީ މުހައްމަދު މަމްދޫހާއި އަލީ ހާފިޒެވެ. މަމްދޫހު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އަދި ނައިވާދޫގެ ތިން ގޯލު ޖެހީ އަބްދުﷲ ވިސާމްއާއި އަހުމަދު ހަމީދެވެ. ވިސާމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

އެހެންކަމުން ނަތީޖާ ޖެހުމަށް ޖެހި ޕެނަލްޓީން އިނގުރައިދޫން ވަނީ ކާމިޔާބުހޯދައިފައެވެ. އިނގުރައިދޫން މެޗުގައި ހަތް ޕެނަލްޓީ ކާމިޔާބުކުރިއިރު ނައިވާދޫއަށް ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީއެވެ.

އިނގުރައިދޫއާއި ނާވައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް