ލިންކްޑްއިން ސެމީއޮޓޮމޭޓެޑް ސޯޝަލް ނެޓްވޯކަކަށް ބަދަލުކޮށްލަނީ

ލިންކްޑްއިން އެޕް -- (ފޮޓޯ/ލިންކްޑްއިން)

ސެމީއޮޓޮމޭޓެޑް ސޯޝަލް ނެޓްވޯކެއްގެ ގޮތުގައި ލިންކްޑްއިން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

ދަ ވާޖް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލިންކްޑްއިން އިން ވަނީ އެ ޕްލެޓްފޯމްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނުމަށް ކުންފުނީގެ ޔޫޒަރުންނާ "އޭއައި ޕަވަރޑް ކޮންވާޝަން ސްޓާޓާސް" ހިއްސާކޮށްފައެވެ. މައިކްރޮސޮފްޓްގެ ސޯޝަލް މީޑިއާ ލިންކްޑްއިން ގެ އަމާޒަކީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ މެދުގައި ފަސޭހަކަމާއެކު މުއާމަލާތް ކުރުމާއި އެ މީހުންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ.

ލިންކްޑްއިން އިން ކުރިއަށް ގެންދާ އާ މަޝްރޫއަށް ސެމީ އޮޓޮމެޓިކް ސޯޝަލް ނެޓްވޯކެއްގެ ނަމުން ނަންދެވިފައިވާއިރު، މިއީ ޔޫޒަރުންގެ އެންގޭޖްމަންޓް ރަނގަޅު ކުރުމަށް ޗެޓްބޮޓްތަކާއި އެއައި އިން އުފައްދާ ކޮންޓެންޓް ޑިޕްލޮއި ކުރުމެވެ.

މި އަހަރު ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް ބެލެވޭ ޖެނެރޭޓިވް އޭއައިގެ އަޖައިބެއް ފަދަ އުފެއްދުންތައްކަމުގައިވާ އިމޭޖަރީ، ވީޑިއޯ، މިއުޒިކް، އަދި ޓެކްސްޓްގެ ބާވަތްތައް އުފައްދާ އޭއައި ޓޫލްސް ލިބޭއިރު، ސޯޝަލް މީޑިއާ ސައިޓްތަކުގައި މި ސިސްޓަމްތައް ތަމްރީނު ކުރުމަށް ބޭނުންވާ ހުރިހާ ޔޫޒަރ ޑޭޓާއެއް ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނިތަކަށް މިހާރު ޔޫޒަރުންގެ ފީޑްތަކަށް އޭއައި އިން އުފައްދާ ކޮންޓެންޓް ބޭނުން ކުރެވޭނެއެވެ.

ލިންކްޑްއިން އިން އަލަށް މި ތަޢާރަފްކުރާ އޮޓޮމޭޝަން ހީކުރި ވަރަށް ވުރެ ނާޒުކު ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ލިންކްޑްއިންގެ މި ބަދަލަކީ ސޯޝަލް މީޑިއާ އަސްލު ވިސްނާފައިވާ ގޮތަށް ނިމުމަކަށް އައިސް އޮންލައިން މުނިފޫހިފިލުވުމުގެ އާ ގޮތެއް ފެށުމެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ މީހުން މިހާރު ވެސް ސޯޝަލް މީޑިއާ ދެކެނީ ގޭމެއްގެ ގޮތުގައި ކަމަށްވާއިރު، ބޮޓްތަކުން އާބާދުވެފައިވާ ސޯޝަލް ނެޓްވޯކަކީ މަގުބޫލު އެއްޗަކަށް ވެދާނެ ކަމަށް ބެލެވެއެވެ. އާ ސެމީ އޮޓޮމެޓިކް ސޯޝަލް ނެޓްވޯކުގައި ޔޫޒާ ބޭސްއަށް ހިތްވަރުދީ "ކޮޑްލް" ކުރުމަށް އޭއައި ޗެޓްބޮޓްގެ ސިފައިގައި ފޭކް ޔޫޒަރުން އުފެއްދުމަކީ ވެސް ތަޖްރިބާކާރުން ދެކޭގޮތުގައި އެކަށީގެންވާ ކަމެކެވެ.

ސޯޝަލް މީޑިއާއިން މީގެ ކުރިން ވެސް އޭއައި ބޭނުންކޮށްގެން ޔޫޒަރުންގެ ސަމާލުކަން ހޯދަމުން ދިޔަ ނަމަވެސް، ސީދާ އޭއައި އިން އުފައްދާ ކޮންޓެންޓް ހިއްސާ ކުރުމަކީ މުޅިން ތަފާތު ކަމެކެވެ. އެއީ ކުންފުނިތަކަށް ޔޫޒަރުންގެ ފީޑްތަކަށް އޭއައިއިން އުފައްދާ ކޮންޓެންޓް ފްލަޑް ކުރުމުގެ ފުރުސަތު މީގެ ކުރިން ލިބިފައި ނުވާތީ ލިންކްޑްއިންގެ މި ތަޖްރިބާ މުޅިން ތަފާތުވާނެކަމަށް ބެލެވެއެވެ.

ލިންކްޑްއިންއިން ކުރިއަށް ގެންދާ މި އާ ތަރައްގީއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ގޮތަށް އަންނާނެ ބޮޑުއިންގިލާބަކަށް ވެދާނެ ކަމަށާއި، އެހެން ސޯޝަލް މީޑިއާ ޖަޔަންޓް ކުންފުނިތަކުން ވެސް އެކަން ކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެޓްބޮޓްތަކާއި އޭއައި އިން އުފައްދާ ކޮންޓެންޓް ބޭނުންކުރުމަކީ ސޯޝަލް މީޑިއާގައި އައު ކަމެއް ނޫނެވެ. ފޭސްބުކް އަދި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުން މިހާރު ވެސް ޔޫޒަރުންނާ ގުޅިގެން މިފަދަ ޓެކްނޮލޮޖީތައް ބޭނުން ކުރެއެވެ. ނަމަވެސް ލިންކްޑްއިން ފަދަ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން އޭއައި އިން އުފައްދާ ކޮންޓެންޓް ސީދާ ހިއްސާ ކުރުމަކީ މި ސިނާއަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

ލިންކްޑްއިންގެ ޕްލެޓްފޯމަށް ގެންނަ މި އާ ތަރައްގީއަށް ޔޫޒަރުން ބަލައިގަންނާނެ ގޮތެއް އަދި އަންދާޒާ ކުރެވިފައެއް ނުވެއެވެ. ބައެއް ޔޫޒަރުންނަށް އޭއައި އިން އުފައްދާ ކޮންޓެންޓް ބޭނުންކުރުމަކީ އިންޕާސަނަލް އަދި އާޓިފިޝަލް ކަމެއް ކަމަށް ހީވާއިރު، އަނެއް ބަޔަކު އާ ކަނެކްޝަންތައް ހޯދައި ނެޓްވޯކް ފުޅާކުރުމުގެ ގޮތުން އާ ޓެކްނޮލޮޖީއަށް މަރުހަބާ ކިޔާފާނެއެވެ.

ކޮންމެ ގޮތެއްވިޔަސް ލިންކްޑްއިންއަށް އޭއައި ޕަވަރޑް ކޮންވާޝަން ސްޓާޓަރސް ތައާރަފް ކުރުމަކީ ސޯޝަލް މީޑިއާގެ މުސްތަގުބަލަށް އެޅި ފިޔަވަޅެއް ކަމަށާއި، ޔޫޒަރުން އެކަކު އަނެކަކާ މުއާމަލާތްކުރާ ގޮތުގައި ޓެކްނޮލޮޖީގެ މުހިންމު ދައުރެއް އިތުރުވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު