މައިކްރޮސޮފްޓްގެ އަޒޫރްއިން މިހާރު ޗެޓްޖީޕީޓީ ލިބެން ހުންނާނެ

މައިކްރޯސޮފްޓްގެ އަޒޫރް އޯޕަންއޭއައި ޚިދުމަތުގައި ޗެޓްޖީޕީޓީ ހިމަނައިފިއެވެ.

އޮންލައިންކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށާއި ވާހަކަތަކުގެ ޚުލާސާތައް ފޯރުކޮށްދިނުމަށާއި އީމެއިލްތައް އޮޓޮމެޓިކްކޮށް ފޮނުވޭނެ ގޮތް ހެދުމަށާއި އެހެނިހެން ކަންކަމަށް ވެސް، ވިޔަފާރިތަކަށް ޗެޓްޖީޕީޓީ ބޭނުން ކުރެވޭނެއެވެ.

މައިކްރޯސޮފްޓްއިން އަޒޫރް އޯޕަންއޭއައި ޔޫޒަރުންނަށް ދެން ޗެޓްޖީޕީޓީގެ ޕްރިވިއު، ކޮންމެ 0.002 ޑޮލަރަށް 1،000 ޓޯކަން ލިބޭނެއެވެ. އެގޮތުން ޗެޓްޖީޕީޓީ ބޭނުންކުރާ ކޮންމެ ފަހަރަކަށް، މާދަމާއިން ފެށިގެން ބިލް ކުރާނެއެވެ. ނަމަވެސް ޑިވެލޮޕަރުން އެކްސެސްއަށް އެޕްލައި ކުރަން ޖެހޭއިރު، އަޒޫރް އޯޕަންއޭއައި ސާވިސް މިވަގުތު ލިބެނީ ހަމައެކަނި މައިކްރޮސޮފްޓްގެ ކަސްޓަމަރުންނާއި ޕާޓްނަރުންނަށެވެ.

މައިކްރޯސޮފްޓްގެ އަޒޫރް އޯޕަންއޭއައި ޚިދުމަތުގައި އޯޕަންއޭއައިގެ އެހެން އޭއައި މޮޑެލްތައް ކަމަށްވާ ޖީޕީޓީ-3.5، ކޯޑެކްސް، އަދި ޑަލް-އީ ވެސް ހިމެނެއެވެ. މި ޓޫލްތަކަކީ އަޒޫރްގެ ޑޭޓާ ހެންޑްލިން، މެނޭޖްމަންޓް، އަދި ސްކޭލިން ކެޕޭސިޓީތަކާ ގުޅިފައިވާ ޓޫލްތަކެކެވެ.

މައިކްރޯސޮފްޓްއިން އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޚާއްސަ އިވެންޓެއްގައި، އޭއައިއާއެކު އެ ކުންފުނިން ކުރާނެ މަސައްކަތް ހާމަކޮށް، ޗެޓްޖީޕީޓީ ކަހަލަ އޭއައި ބޮޓްތައް އޮފީސް އެޕްތަކުގައި މަސައްކަތް ކުރާނެ ގޮތް ދައްކާލާނެއެވެ. މައިކްރޯސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެލާ އާއި މައިކްރޮސޮފްޓް 365ގެ ހެޑް ޖޭރެޑް ސްޕަޓާރޯ އެ އިވެންޓުގައި އިސްކޮށް ހުންނާނެ އިރު، މިއީ އޭއައި ޓެކްނޮލޮޖީއަށް އެކުންފުނިން އިސްކަންދެމުންދާ މިންވަރު ދައްކުވައިދޭނެ އިވެންޓެކެވެ.

މައިކްރޮސޮފްޓް އާއި އޯޕަންއޭއައި އާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ފެށިގެން އައީ 2019 ވަނަ އަހަރު، މައިކްރޯސޮފްޓްއިން އޭއައި ރިސާޗް ލެބަށް އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށް ޖީޕީޓީ-3ގެ ފަހަތުގައިވާ ޓެކްނޮލޮޖީގެ އެކްސްކްލޫސިވް ލައިސަންސް ހޯދުމުންނެވެ. ދާދި ފަހުން ކުރި އެ ކުންފުނިން ކުރި އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގައި މައިކްރޮސޮފްޓް ވެގެން ދިޔައީ އޯޕަންއޭއައިގެ އެކްސްކްލޫސިވް ކްލައުޑް ޕްރޮވައިޑަރަކަށެވެ.

އަޒޫރް އޯޕަންއޭއައިއަށް ޗެޓްޖީޕީޓީ އިތުރުވުމުން ޑިވެލޮޕަރުންނާއި ވިޔަފާރިތަކަށް އެ ވަރުގަދަ އޭއައި ޓެކްނޮލޮޖީގެ ފައިދާ ނަގައި ކަސްޓަމް ޗެޓްބޮޓްތަކާއި އެހެނިހެން ފީޗާސްތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވާދަވެރި ރޭޓެއްގައި އަގު ކަނޑައެޅުމުން، ގިނަ ވިޔަފާރިތަކުން އެމީހުންގެ އުފެއްދުންތަކުގައި ޗެޓްޖީޕީޓީ އިންޓަގްރޭޓް ކުރަން މަސައްކަތް ކުރުން އެކަށީގެންވެއެވެ. މައިކްރޮސޮފްޓުން އަންނަ ބުރާސްފަތި ދުވަހު ބާއްވާ އިވެންޓުން، އޮފީސް އެޕްތަކުގައި ޗެޓްޖީޕީޓީ ކަހަލަ އޭއައި މަސައްކަތް ކުރާނެ ގޮތުގެ އިތުރު މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް