ފަހުގެ އައިއޯއެސްގައި ގިނައީ ހުސް ބަގްސް ދޯ؟

އެޕަލްގެ އައިފޯނުތަކުގެ އޮޕަރޭޓިން ސިސްޓަމް "އައިއޯއެސް" އަކީ އަބަދުވެސް އެންމެ އޮމާން އަދި ފްލުއިޑް އެއް ޔޫސާ އިންޓަފޭސް (ޔޫއައި) ހިމެނޭ ސިސްޓަމެވެ. ނަމަވެސް އެންމެ ފަހުގެ އަޕްޑޭޓްތަކާއެކު އައިއޯއެސްއަށް ކުރާ ތައުރީފު ވަނީ ކުޑަ ވާން ފަށާފައެވެ. އަދި އޭގެ ބަދަލުގައި ފާޑު ކިޔާ މިންވަރު މިވަނީ އިތުރުވެފައެވެ.

އައިއޯއެސް، އަދި ހާއްސަކޮށް އެންމެ ފަހުގެ ބޮޑު އަޕްޑޭޓް، އައިއޯއެސް16 އާ ގުޅޭގޮތުން އެތައް ބައެއް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މީގެކުރިން އެންމެ ފުރިހަމަ ކަމަށް ގިނަ ބަޔަކު ބުނާ އައިއޯއެސްގައި މައްސަލަތައް އިތުރުވާ ކަން މިހާރު އެމީހުންނަށް ވެސް ފާހަގަވާން ފަށައިފިއެވެ.

އާ އައިއޯއެސް ނެރެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި އާ އައިފޯނުތައް، އައިފޯން 14 ސީރީޒް އާއެކުގައެވެ. އެތައް ބަޔަކަށް ފާހަގަ ވާން ފަށާފައިވަނީ އައިއޯއެސްގައި ހުރި މައްސަލަތަކެވެ. ކުދި ކުދި ބަގްސްއެވެ. އަދި އެ ބަގްސްތައް މިހާރު ނުފެންނަ ހިސާބެއް ނެތެވެ.

ބައެއް މީހުން އަންނަނީ އެމީހުންނަށް އައިއޯއެސްގައި ދިމާވާ ދަތިތައް ހިމެނޭ ބަގްސްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މިހާރު އެންމެ ގިނަ ބަޔަކަށް ފާހަގަކުރެވޭ ބަގްސްތަކުގެ ތެރޭގައި ޑިޒައިން ގުލިޗުތަކާއި ޑިޒައިންތަކަށް އިރުކޮޅަކާ ބަދަލުތައް އައުން ހިމެނެއެވެ. މިސާލަކަށް ނޮޓިފިކޭޝަން ބޮކްސްތަކުގެ ޑިޒައިން ކުއްލިއަކަށް ހުރެ ބަދަލުވުން ހިމެނެއެވެ.

ޓައިޕް ކުރަމުން ދަނިކޮށް ކުއްލިއަކަށް އަކުރުތަކަށް ފިއްތާ އަޑު ވަރަށް ގަދަ ވެދާނެއެވެ. އަނެއް ބަޔަކު ލޮކްސް ކްރީނުގައި ތާށި ވެފައި ތިބެން ޖެހިދާނެއެވެ. މިއީ ބައެއް މީހުންނަށް ދިމާވަމުން އަންނަ ދަތިތަކެކެވެ.

އައިއޯއެސް 16 ނެރުނު ފަހުން އެ އިތުރަށް ސްޓޭބަލް ކުރުމަށްޓަކައި މިހާރު ވަނީ ތިން އަޕްޑޭޓެއް ނެރެފައެވެ. ނަމަވެސް ކުރީގެ ބަގްތައް ދިޔުމާއެކު އާ ބަގްތައް ފެންމަތިވަނީއެވެ.

ގިނަ ބަޔަކު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑަށް މި މައްސަލަތައް ދިމާވަމުން އަންނަނީ އާ އައިފޯން، އައިފޯން 14 އަދި ހާއްސަކޮށް ޕްރޯ ސީރީޒްގެ ފޯނުތަކަށް ކަން ފާހަގަކުރެވެއެވެ.

އާ އައިފޯނު ގެންގުޅޭ ޔޫޒަރުންނަށް މިއިން އެއްވެސް ބަގެއް ފެނިފައި ވޭ ހެއްޔެވެ؟ އަދި ނޫން ނަމަ އިތުރު އެހެން ބަގެއްގެ އުނދަގޫޫތަކާ ކުރިމަތިލާން ޖެހުނު ހެއްޔެވެ؟

comment ކޮމެންޓް