އިންތިހާބީ 77 ދާއިރާގެ ތެރެއިން، އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ ގޮތުގައި މަޖިލީހުގެ އެ ދާއިރާއެއްގެ މެންބަރުން އައްޔަންކުރުމަށް ނިންމައިފި

10:00


އިންތިޚާބީ 77 ދާއިރާގެ ތެރެއިން، އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާއެއްގެ މެންބަރުން އައްޔަންކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.


އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގައި އެޕާޓީ ތަމްސީލުކުރާ މެންބަރުންނަކީ އެދާއިރާއެއްގެ އެމްޑީޕީ ދާއިރާ ރައީސުން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ނެތް ދާއިރާތަކުގައި ދާއިރާގެ ރައީސުންގެ އިންތިހާބު ބާއްވާ ގޮތަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިން ނިންމައިފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ޤައުމީ މަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށަހަޅުއްވައި، އެމަޖިލީހުގެ މެންބަރު ޝުޢައިބު އަލީ ތާއީދުކުރައްވާފައިވާ ޚާއްސަ ޤަރާރަކުން ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.


އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ކަމަށް އެ ޕާޓީން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު