ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި, ކުޑަކުދިންގެ ސްކްރީނިން ޕްރޮގްރާމްތަކަށް ޚާއްސަ 'ވެލް ޗައިލްޑް ޕެކޭޖް' ތައާރަފުކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އެންމެ ތުއްތު އިރުން ފެށިގެން ގަވާއިދުން ހެލްތް ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން އެ ހޮސްޕިޓަލުން ތައާރަފުކުރި އާ ޕެކޭޖުގެ އެހީގައި، މައިންބަފައިންނާއި ބެލެނިވެރިންނަށް ކުއްޖާގެ ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން އެެނގެން ޖެހޭ ގިނަ މައުލޫމާތުތައް އެނގޭނެ ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ. އެގޮތުން ކުޑަކުދިންގެ ޚާއްސަ ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ނަގަން ޖެހޭ ފިޔަވަޅުތައް ނެގުމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ހެދިބޮޑުވުމުގައި އެއްވެސް އުނިކަމެއްވާނަމަ އެކަަމަށް ދެވެން އޮތް އެންމެ އެކަށީގެންވާ ފަރުވާ ދެވޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕްއިން ބުނީ، މި ޕެކޭޖް އެކުލަވާލައިފައިވަނީ ތަފާތު އިންވެސްޓިގޭޝަންތަކާއި ޕްރޮސީޖާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ނިއުޓްރިޝަނަލް އެސެސްމެންޓް، އަޔަން އަދި ފެރިޓިން ޗެކްއަޕް، ފުލް ބްލަޑް ކައުންޓް، ލިވާ އަދި ރެނަލް ފަންކްޝަން ފަދަ ތަފާތު ޓެސްޓްތައް މި ޕެކޭޖްގައި ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ވެލް ޗައިލްޑް ޕެކޭޖް ތިންބަޔަކަށް ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވެލް ޗައިލްޑް ޕެކޭޖް (ހަ އަހަރުން ދަށުގެ ކުދިންނަށް)
- ވެލް ޗައިލްޑް ޕެކޭޖް (ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް)
- ވެލް ޗައިލްޑް ޕެކޭޖް (13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް)
ޓްރީ ޓޮޕްގެ ޚިދުމަތްތަކާ ބެހޭ މައުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ނުވަތަ 3351610އަށް ގުޅުމުން ލިބޭނެއެވެ.