އައިޓީބީ ބާލިން ފެއާގައި ބައިވެރިވާ ދިވެހި ސަގާފީ ގްރޫޕް ޖަރުމަނަށް

އައިޓީބީ ފެއާ ގައި ބައިވެރިވާ ދިވެހި ނަށާ ގްރޫޕު އަދި ޝެފުން

މި މަހުގެ ހަތަކުން ނުވައަކަށް ޖަރުމަނުގެ ވެރިރަށުގައި އޮންނަ އައިޓީބީ ބާލިން 2023 ގައި ބައިވެރިވުމަށް، ދިވެހި ސަގާފީ ގްރޫޕެއް ޖަރުމަނަށް ފުރައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފެއާގައި ބައިވެރިވާ ދިވެހި ސަގާފީ ގްރޫޕުގައި ބައިވެރިވަނީ ޕްރޮފެޝަނަލް ނަށާ ގްރޫޕެއް ކަމަށްވާ ޑައިނިސިއެކްގެ ނެށުންތެރިންނާއި މާސްޓާ ޝެފް މަހާ ނަސީރު އާ އެކު އިތުރު ދިވެހި ޝެފުންނެވެ.

މި ފެއާގައި ހުންނަ ރާއްޖޭގެ ސޮޓޯލްގައި ސަގާފީ ގްރޫޕުގެ ނެށުންތެރިން އެކި ދިވެހި ލަވަތަކައް ތަމްސީލު ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ދިވެހި ޝެފުންގެ ޓީމުން ވަނީ ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭޝަންގައި ދައްކާލުމަށް ހަމަޖެހިފައިއެވެ.

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި އަދި ޓުއާ އޮޕަރޭޓަރުން ހިމެނެއެވެ.

މި އަހަރު އައިޓީބީ ބާލިން 2023ގަައި އެމްއެމްޕީއާރްސީގެ ވިޒިޓް މޯލްޑިވްސްގެ ސްޓޯލްގައި ފަތުރުވެރިކަމާއި ބެހޭ 82 ކުންފުންޏަކުން 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

comment ކޮމެންޓް