ޓްރީ ޓޮޕްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ޕްރޮމޯޝަންތަކެއް!

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަފާތު ފަސް ހެލްތު ސްކްރީން ޕެކޭޖެއްގެ ޚާއްސަ ޕްރޮމޯޝަންތަކެއް އެ ހޮސްޕިޓަލުން ފަށައިފިއެވެ.

މި ޕްރޮމޯޝަންތައް އެ ހޮސްޕިޓަލުން ކުރިއަށް ގެންދަނީ މި މަހުގެ އެކަކުން މި މަހުގެ ނިޔަލަށެވެ. މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ވެލް މެލް ޕެކޭޖާ, ވެލް ފީމަލް ޕެކޭޖާ, ހެލްތީ ހާޓް ޕެކޭޖާ, ސްޓްރޯންގް ހާޓް ޕެކޭޖާ, ޑައަބިޓީސް ސްކްރީނިން ޕެކޭޖާއި އަދި ތެލަސީމިއާ ސްކްރީނިން ޕެކޭޖުން %15 ޑިސްކައުންޓް ލިބޭނެ އެވެ.

ވެލް މޭލް ޕެކޭޖްގައި ހިމެނެނީ ފިރިހެނުންގެ ތެރޭގައި އެންމެ އާންމު ބަލިތައް ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ. އެގޮތުން މި ޕެކޭޖްގެ ދަށުން ކްލިނިކަލް އެގްޒަމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން އޯޕީޑީ ކޮނަސަލްޓޭޝަން އަދި ވިހި ލެބޯޓްރީ އިންވެސްޓިގޭޝަން އެއް ހިމެނެއެވެ.

ވެލް ވުމަން ޕެކޭޖަށް ބަލާލާއިރު މި ޕެކޭޖް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ 18 އަހަރާއި 34 އަހަރުގެ ދެމެދުގެ އުމުރުފުރާއަށް ޚާއްސަ ކުރެވިފައިވާ ބަޔަކާއި 35 އަހަރުން މަތީގެ އަންހެން ބޭޅުނުންނަށް ޚާއްސަ ކުރެވިފައިވާ ބައެކެވެ. މި ޕެކޭޖްގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އަންހެނުންނަށް ދިމާވާ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ކްލިނިކަލް އެގްޒަމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން އޯޕީޑީ ކޮނަސަލްޓޭޝަން އަދި މީގެ އިތުރުން ވިހި ލެބޯޓްރީ އިންވެސްޓިގޭޝަނެކެވެ.

ރާއްޖެ އަކީ ގިނަ އަދަދެއްގެ ހިތުގެ ބަލީގެ މީހުން ދިރިއުޅޭ ގައުމަކަށް ވެފައި ހިތުގެ ޗެކް އަޕް ކޮންމެ ދެ ދުވަހަކާއި ހަތަރު ދުވަހުގެ ދެމެދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހިތުގެ ބަލި ތަކަށް ޚާއްސަ ދެޕެކޭޖެއް ތަޢާރަފްކޮށްފައެވެ. އެއީ ހެލްތީ ހާޓް އާއި ސްޓްރޯންގް ހާޓް އެވެ.

މި ޕެކޭޖުތަކުގެ ތެރެއިން ހެލްތީ ހާޓް އަކީ 30 އަހަރާއި 60 އަހަރުގެ ދެމެދުގެ މީހުންނަށް ޚާއްސަ ޕެކޭޖެކެވެ. އަދި ސްޓްރޯންގް ހާޓް އަކީ 60 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ޕެކޭޖެކެވެ. މި ޕެކޭޖްގައި ހިތުގެ ބަލިތައް ދެނެގަތުމަށް ފަރުމާކުރެވިފައިވާ ތަފާތު ޓެސްޓްތައް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ލޭގެ ޕްރެޝަރ ބެލުމާއި، ބޮޑީ މާސް އިންޑެކްސް ބެލުމާއި ގްލައިކޭޓެޑް ހެމަގްލޮބިން ފަދަ ޓެސްޓްތަށް ހިމެނެއެވެ.

މީގެ އިތުރުން ހަކުރު ބަލި ޖެހިފައިވާ މީހުން ދުވަހަކަށް ވުރެ ދުވަހެއް ރާއްޖޭގައި އިތުރުވަމުން ދާއިރު މިބަލި ދެނެގަނެވި އަޅަން އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެސްޓްތަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މިކަމަށް ޚާއްސަކޮށް ޕެކޭޖެއް އެކުލަވާލާފައެވެ.

މި ޕެކޭޖް ފަރުމާކުރެވިފައި ވަނީ ހަކުރުބަލި ދެނެނުގަނެވި ތިބި ފަރާތްތައް ބަލި ދެނެގަނެވި ޖެހިފައިވަނީ ބަލީގެ ކޮންބާވަތެއްކަން ދެނެގަތުމަށާއި އަދި މި ބަލި ޖެހިފައި ވާކަން އެނގޭ ފަރާތްތަކަށް ބަލީގެ ނުރައްކާ ހުރިވަރު ދެނެގަނެވޭ ގޮތަށެވެ

މިފަދަ ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކުގެ ބޭނުން ކުރުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފަދަ ހެލްތް ސްކީރިން ތަކުގެ ސަބަބުން ކުރީބައިގައި ބައްޔެއް ޖެހިފައިވާނަމަ އެ ބަލި ދެނެގަނެ، އަވަހަށް ފަރުވާހޯދުމަށް ފަސޭހަވެއެވެ.

comment ކޮމެންޓް