ޓިކްޓޮކްގެ އާ ޓްރެންޑުން ހުރިހާ އެންމެން ޒުވާން ވަނީ

މިހާރު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއް ޕްލެޓްފޯމަކީ ޓިކްޓޮކެވެ. އެތައް މިލިއަން މީހުން އެ އެޕް ބޭނުންކުރުމުގެ ސަބަބުން ކޮންމެ ދުވަހަކުހެން ޓިކްޓޮކުން އާ ޓްރެންޑެއް އުފަންވެއެވެ. މި ދުވަސްކޮޅު އެންމެ މަގުބޫލުވެގެން އުޅެނީ ހުރިހާ އެންމެން ޒުވާން ކޮށްދޭ ޓްރެންޑެކެވެ.

އަލަށް މަގުބޫލު ވެގެން އުޅޭ ޓިކްޓޮކް ޓްރެންޑު ބޮޑަށް ވައިގައި ހިފާފައި ވަނީ ހަރު އުމުރުގެ މީހުންނާއި ދުވަސްވީ މީހުންގެ މެދުގައެވެ.

@uhhhuhhunney Lived in the past for about 30 seconds or less. To think about the last time i looked so young and what i had endured up to that point. It seemed like my smile never lost its life but that sparkle in the eye had already been gone for so long. 20 years past and even more endured i wonder what will be in 20 more years. #teenagers #teenagefilter #teenagelookfilter #teenagerfilter #abuse #domesticviolence #death #surviving ♬ The Freshmen - The Verve Pipe

"ޓީނޭޖް ލުކް" ޗެލެންޖުގެ ނަމުގައި މަގުބޫލު ވެގެން އުޅޭ ޓްރެންޑަކީ އޭއައި ބޭނުންކޮށްގެން ޓިކްޓޮކަށް ތައާރަފުކޮށްފައިވާ ފިލްޓަރަކުން މަގުބޫލުވެގެން އުޅޭ ޓްރެންޑެކެވެ. މި ފިލްޓާ ބޭނުންކޮށްގެން އެތައް ބަޔަކު އަންނަނީ އެމީހުން ކުރީގެ ހުންނަ ގޮތް ދައްކާލަމުންނެވެ.

އުމުރުން ތަންކޮޅެއް ދުވަސްވީ މީހުންގެ މެދުގައި މި ޓްރެންޑު މަގުބޫލު ވެފައިވަނީ އެ ސަބަބާ ހުރެއެވެ. ފިލްޓާ ބޭނުންކޮށްލުމުން އެތައް ބައެއް ފުރާވަރު ދުވަސްވަރު ތިބި ގޮތް ދައްކާލަ ދެއެވެ. އެ ފިލްޓަރު ހަގީގަތާ އެއްގޮތް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެކަން ސާބިތު ކޮށްދިނުމަށްޓަކައި އެމީހުންގެ ކުޑައިރުގެ ފޮޓޯތައް ވެސް ހިއްސާކުރެއެވެ.

މި ޓްރެންޑުގެ ސަބަބުން މާޒީގެ އެތައް ހަނދާންތަކެއް އާ ކޮށްދޭ ކަމަށް ދުވަސްވީ މީހުން އަންނަނީ ބުނަމުންނެވެ. އަދި މި ޓްރެންޑާއެކު ކުރީގެ ހަނދާންތައް އާކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް މީހުން ބުނެއެވެ.

@jessicatevagaruhl The genes are strong #teenfilter #momsoftiktok #teenagefilter #fyp ♬ original sound - Jessica Tevaga Ruhl

އަނެއް ބަޔަކު ބުނާގޮތުގައި މި ފިލްޓަރުން އެމީހުންގެ ދަރިން ތިބޭ ގޮތް ވެސް ވަރަށް ހަގީގަތާ އެއްގޮތް ދައްކުވައިދެއެވެ.

comment ކޮމެންޓް