ހައިވޭ އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަަގައިފި

ސިނަމާލެ ބުރިޖު މަތީގައި ހިނގި އެކްސިޑެންޓުގައި ގެއްލުން ލިނުނު ކާރާއި ސައިކަލު -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ ވެންޓިލޭޓަރުން މިހާރު ނަގައިފައިވާކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އެ އެކްސިޑެންޓު ހިނގީ މެންދުރުފަހުގެ ވަގުތެއްގައި ހައިވޭގައި ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. ސައިކަލް ދުއްވަން އިނީ އެމްއޭސީއެލްގެ މުވައްޒަފެކެވެ.

އެކްސިޑެންޓުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސް އެންމެ ފުރަތަމަ ފަރުވާ ދިނީ އެމަޖެންސީގައެވެ.

އޭގެފަހުން އޭނާއަށް ފަރުވާ ދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.

އޭނާގެ ހާލަތާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މިހާރު ވެންޓިލޭޓަރުން ނަގައިފައިވާކަމަށެވެ. އެހެން ނަމަވެސް އަދިވެސް އޭނާ އޮތީ އައިސީޔޫގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓު ހިނގި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ބްރިޖު ހައިވޭއަކީ ގިނަ އެކްސިޑެންޓުތަކެއް ހިނގާ ތަނަކަށް ވާއިރު އެ އެކްސިޑެންޓުތަކުގައި ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

comment ކޮމެންޓް