އިންޓަ ސްކޫލް އެތުލެޓިކްސް މީޓް އައްޑޫ ސިޓީގައި

އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ 17 ވަނަ ޑެއިލީ މިލްކް އެޓޯލް އިންޓަ ސުކޫލް އެތުލެޓިކްސް މީޓް އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ، އަންނަ ޖޫން މަހުގެ ހަތަރަކުން 7 އަށް މުބާރާތް އައްޑޫ ސިތީގައި ބާއްވަން ނިންމާފައި ވާއިރު، މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ސުކޫލް ތަކަށް ހުޅުވާލައިފައި ވާކަމަށެވެ.
އަދި މިފަހަރުގެ މުބާރާތް އައްޑޫގައި ބޭއްވުމަށްޓަކައި އައްޑޫ ސިޓީގެ ކައުންސިލުން ވަރަށް ބޮޑު އެއްބާރު ލުމެއް ލިބެމުން އަންނަ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

"މުބާރާތް އައްޑޫގައި ބޭއްވުމަށް އެސިޓީގެ ރައްޔިތުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން. މުބާރާތް އައްޑޫގައި މިފަހަރު ބޭއްވުމަށް ނިންމާފައި ވަނީ ވަރަށް ކުލަގަދަކޮށް" ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ، ގްލޯބަލް ލިކްސް ޕްރައިވެޓް ލިމިޓެޑުގެ މެއިން ސްޕޮންސަރއާ އެކު މިފަހަރުގެ މުބާރާތް އައްޑޫގައި ބާއްވަން ނިންމީ، މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ހުޅުވާލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމަކާއެކު އައްޑޫއިން ބިޑް ކާމިޔާބު ކޮށްފައި ވާތީއެވެ. އަދި މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް އެރަށުން ވެސް ހުށަހެޅި ނަމަވެސް، ކުރިއަށް އޮތްތާގައި އުތުރުގެ ކޮންމެ ވެސް ރަށެއްގައި އެތުލެޓިސްގެ ކޮންމެ ވެސް ހަރަކާތެއް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު