މަތިވެރިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

މަތިވެރިން ގެއްލިގެން ހޯދާ މަތިވެރީ ހަސަންފުޅު

އއ. މަތިވެރިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މަތިވެރީ ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒް "ސަން"އަށް ވިދާޅުވީ ގެއްލިގެން ހޯދަނީ އެރަށު ރިވެލި، ހަސަން އަލީ (މަތިވެރީ ހަސަންފުޅު) ކަމަށެވެ.

އުމުރުން 72 އަހަރުގެ މަތިވެރީ ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ ރޭ މަޣްރިބް ނަމާދަށް ފަހުއެވެ.

އޭނާ ހޯދުމުގެ މަސައްކަތް މަތިވެރި ރައްޔިތުންނާއި ފުލުހުން ގުޅިގެން ފަށާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނާފިޒް ވިދާޅުވީ، މަތިވެރީ ހަސަންފުޅު ހޯދުމަށް މިހާރު ރަށުގެ އެކި ސަރަހައްދުތަކާއި މޫދު ވެސް ބަލަމުންދާ ކަމަށެވެ.

"ވީގޮތެއް އަދި އަޅުގަނޑުމެނަށް ލަފާކޮށްފަ ވެސް ބުނާކަށް ނޭނގެ. މަސައްކަތް މި ކުރަނީ ދިރިހުއްޓާ ފެނޭތޯ،" ނާފިޒް ވިދާޅުވިއެވެ.

comment ކޮމެންޓް