މަސްކް، ޓްވިޓާގެ ސީއީއޯގެ މަޤާމަށް އެކަށީގެނެއް ނުވޭ: ޓްވިޓާގެ ކޯ ފައުންޑަރު

ޓްވިޓާގައި ނެގި ވޯޓެއްގައި، އީލޯން މަސްކް ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ވަނީ ތާއިދުކޮށްފަ -- ފޮޓޯ/ ގެޓީ

ޓްވިޓާގެ ސީއީއޯގެ މަގާމަށް ވަޑައިގެންނެވި އިލޮން މަސްކްގެ އިސްނެންގެވުމުގެ ދަށުން ޓްވިޓާއިން ގެންގުޅުނު އިރުޝާދާ މެދު ޓްވިޓާގެ ކޯ ފައުންޑަރު ބިޒް ސްޓޯން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްވިޓާ ލޯންޗުކުރުމަށް 2006ވަނަ އަހަރު އެހީތެރިވި ސްޓޯން ވިދާޅުވީ މަސްކަކީ ކުންފުނީގައި އިސްކޮށް ހުންނަން އެކަށީގެންވާ ބޭފުޅެއް ކަމުގައި ގަބޫލުނުކުރާ ކަމަށާއި އެ ކުންފުނީގައި ހޭދަކުރި ދުވަސްވަރު ހެދި މޮޑަރޭޝަން ޕޮލިސީތައް ބާތިލުވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.

'ދިގާޑިއާން' އަށް ދިން އިންޓަވިއުއެއްގައި ސްޓޯން ވިދާޅުވީ އެ ޕްލެޓްފޯމްގެ ނަޒާހަތްތެރިކަން ދަމަހައްޓައި ދުޅަހެޔޮ އޮންލައިން ކޮމިއުނިޓީއެއް އުފެއްދުމުގެ ބަދަލުގައި ކުންފުނި ހިންގުމުގައި މަސްކް ގެންގުޅުއްވާ ވިސްނުމަކީ ކުރިއެރުމާއި ފުޅާކުރުމަށް މާ ބޮޑަށް ފޯކަސްކޮށްފައިވާ ވިސްނުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓްވިޓާއަކީ އަބަދުވެސް މިނިވަންކަމާއެކު ޚިޔާލު ބަދަލުކުރާ ތަނެއް ކަމަށާއި ނަމަވެސް މަސްކްގެ ޒައާމަތުގައި އެކަން ގެއްލުނު ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"ކަންބޮޑުވަނީ އެންމެންނަށް ވެސް ރައްކާތެރި ޕްލެޓްފޯމެއް ހަދަން ކުރި ހުރިހާ ބުރަ މަސައްކަތެއް ނިމުމަކަށް އައިސްފައިވާތީ." ސްޓޯން ވިދާޅުވިއެވެ.

ޓްވިޓާއާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އޭގެ ތެރޭގައި ކްރިޕްޓޯކަރަންސީއާ ގުޅޭ ގޮތުން ސީއީއޯ ކުރެއްވި ޓްވީޓްތަކާއި، ދާދި ފަހުން އެ ކުންފުނި ޕްރައިވެޓް ވެދާނެ ކަމަށް ބުނެ އޭނާ ކުރެއްވި ޓުވީޓެއްގެ ސަބަބުން ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ތަހުގީގެއް ހިންގަން ޖެހުނެވެ.

ސްޓޯން ވިދާޅުވީ ކުންފުނީގެ މެދުމިނުގެ ސިޔާސަތުތައް ލުއިކޮށް، އެ ޕްލެޓްފޯމުގައި ނަފުރަތު އުފެއްދުމާއި ފުރައްސާރަ ކުރުމާއި ދޮގު މައުލޫމާތު ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.

ސްޓޯންގެ މި ވާހަކަތަކަށް ޓްވިޓާއިން އަދި ޖަވާބެއް ދީފައިނުވި ނަމަވެސް ގިނަ ބަޔަކު ވަނީ އޭނާގެ ވާހަކަތަކަށް ތާއީދުކޮށް އެ ޕްލެޓްފޯމްގެ އަސްލު އަސާސްތަކަށް އެނބުރި ދިއުމަށް ގޮވާލައިފައެވެ. މުޖުތަމައުގައި ސޯޝަލް މީޑިއާގެ ދައުރު ކުރިއަރަމުން އަންނައިރު، މަސްކްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ހުރި ގޮންޖެހުންތަކާ މެދު ޓްވިޓާއިން އަރައިގަންނާނީ ކިހިނެއްތޯ ބަލަން ޖެހެއެވެ.

ޓްވިޓާގެ ކޯ ފައުންޑަރު ބިޒް ސްޓޯން އަކީ ޓެކްނޮލޮޖީގެ ވިޔަފާރިވެރިއެއްގެ އިތުރުން ލިޔުންތެރިއެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްވިޓާ ކޯ-ފައުންޑް ކޮށްގެންނެވެ. ޖެކް ޑޯސީ އާއި އީވާން ވިލިއަމްސްއާ އެކު ސްޓޯން ވަނީ 2006ވަނަ އަހަރު ޓްވިޓާ ލޯންޗްކޮށްފައެވެ.

އެ ކުންފުނީގެ ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމު ފުރުއްވައި، އެ ޕްލެޓްފޯމްގެ ކުރީ ކޮޅުގެ ތަރައްގީ އާއި ސަގާފަތް ބައްޓަން ކުރުމަށް އެހީތެރިވެދެއްވިއެވެ. ސްޓޯން ވަނީ މީޑިއަމް، ލިފްޓް އަދި ބްރާންޗް ފަދަ ކާމިޔާބު ގިނަ ކުންފުނިތަކެއް ތައާރަފްކުރުމަށް އެހީތެރިވެދިން ސްޓާޓްއަޕް އިންކިއުބޭޓަރެއް ކަމަށްވާ "އެފެއާންސީ ކޯޕަރޭޝަން" ވެސް އުފައްދައިފައެވެ.

ޓްވިޓާއިން ވަކިވުމަށް ފަހު ސްޓޯން ވަނީ "ތިންގްސް އަ ލިޓްލް ބާޑް ޓޯލްޑް މީ ކޮންފެޝަންސް އޮފް ދަ ކްރިއޭޓިވް މައިންޑް"ގެ ނަމުގައި ފޮތެއް ލިޔެފައެވެ. އަދި ސްޓޯންއަކީ ޓެކްނޮލޮޖީގެ ބޭނުން އިޖުތިމާއީ ފައިދާއަށް ބޭނުންކުރުމަށް ވަކާލާތުކުރައްވާ އަދި ހިލޭ ސާބަހަށް ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު