އުރީދޫގެ އެއާފައިބާ ޑިވައިސްއިން 50 ޕަސެންޓް ޑިސްކައުންޓު ދެނީ

އުރީދޫ އެއާފައިބާ ޑިވައިސް

އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކޮށްފައިވާ 5ޖީ ހޯމް ބްރޯޑްބޭންޑް ކަމަށްވާ އެއާފައިބާ އަލަށް ނަގާ ބައެއް ކަސްޓަމަރުންނަށް އެއާޑިވައިސްއިން 50 ޕަސެންޓް ޑިސްކައުންޓް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

އުރީދޫއިން ބުނީ، އެ ޑިސްކައުންޓް ލިބޭނީ އެއާފައިބާ އަލަށް ނަގާ ކަސްޓަމަރުންގެ ތެރެއިން ޑިވައިސްގެ ފުލް ޕޭމަންޓް އެއްފަހަރާ ދައްކާ ކަސްޓަމަރުންނަށް ކަމަށެވެ.

އުރީދޫއިން ބުނީ އެއާފައިބާއާއެކު ހައިސްޕީޑް އިންޓަނެޓް ލިބުމުގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް ކުޑަވެގެންދާނެ ކަމަށެވެ.

އުރީދޫއިން ބުނީ، 50 ޕަސެންޓް ޑިސްކައުންޓްގެ އިތުރުން ގޭގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބާގެ ޚިދުމަތް ދިނުމުގެގޮތުން 12 މަހުގެ ކޮންޓްރެކްޓްއަކާއެކު ޑިވައިސް ޕްލޭންއެއްވެސް އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭނޭ ކަމަށެވެ.

މީގެ ސަބަބުން ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށާއި މަސައްކަތްކުރުމަށް ފަސޭހަވެ، މަގުބޫލް ފިލްމާއި ޝޯތައްވެސް ސިކުންތުކޮޅެއްގެ ތެރޭގައި ޑައުންލޯޑު ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން ހައިސްޕީޑް އިންޓަނެޓާއި ލޯ ލޭޓެންސީގެ ސަބަބުން ގޭމް ކުޅުންތެރިންނަށް ވެސް އުނދަގުލަކާ ނުލައި ގޭމް ސެޝަންތައް ނިންމާލެވޭނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ 5ޖީ ނެޓްވޯކް ވަނީ މާލެއާއި ވިލިމާލެއާއި ހުޅުމާލެ ފޭސް 1އާއި ހުޅުލެއަށް ފުޅާކޮށްފައެވެ.

comment ކޮމެންޓް