ޓިކްޓޮކްގެ "ފޯޔޫ" ޕޭޖާ އެއްގޮތް ފީޗާއެއް ޓްވިޓާއަށް އިތުރުކުރަނީ

ޓްވިޓާ

ކުރު ވީޑިއޯ ޝެއާކުރުމަށް ޚާއްޞަ ޓިކްޓޮކްގެ މަގުބޫލު "ފޯޔޫ" ޕޭޖާ އެއްގޮތް ފީޗާއެއް ޓްވިޓާއަށްވެސް އިތުރުކުރަން ނިންމާފައިވާކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

ޓްވިޓާއިން އަލަށް ތަޢާރަފްކުރާ މި ޓައިމްލައިން ފީޗާގައި، ގިނަބަޔަކު ޝައުގުވެރިވާނެ ކަމަށް ލަފާކުރާ ކުރު ފޯމް ވީޑިއޯތަކާއި އެހެނިހެން ކޮންޓެންޓްތަކުގެ ކިއުރޭޓެޑް ސިލެކްޝަނެއް ފެންނާނެއެވެ.

އައިއޯއެސްގައި މި ފީޗާ ތައާރަފް ކުރަން ނިންމީ މަލްޓިމީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި ޓްވިޓާގެ ގާބިލްކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ޓިކްޓޮކްގެ ފޯޔޫ ފަދަ ފީޗާއެއް ތައާރަފްކުރުމަކީ ޓްވިޓާއިން އުންމީދު ކުރާގޮތުގައި އެ ކުންފުނީގެ ޕްލެޓްފޯމަށް ގިނަ ބަޔަކު ޝައުގުވެރިކުރުވައި މިހާރު ބޭނުންކުރާ މީހުންގެ މެދުގައި އެންގޭޖްމަންޓް އިތުރު ވެގެންދާނެއެވެ.

ފޯ ޔޫ ޓައިމްލައިން ޚާއްޞަވެގެންދާނީ ކޮންމެ ޔޫޒަރެއްގެ މަސްލަހަތަށް ރިއާޔަތްކޮށް، އެ މީހަކު ފޮލޯކުރާ އެކައުންޓްތަކާއި ޕްލެޓްފޯމްގައި ބައިވެރިވާ ކޮންޓެންޓަށް ބަލައިގެންނެވެ. މި ފީޗާގައި ޕްރޮފެޝަނަލް ކްރިއޭޓަރުންގެ ކޮންޓެންޓްގެ އިތުރުން މިހާރު ވެރިފައި ނުވާ ނުވަތަ ޕްލެޓްފޯމްގައި "ޕޮޕިއުލާ" ކަމަށް ނުބެލެވޭ ފަރާތްތައް ވެސް ހިމެނޭނެއެވެ.

މިކަމުގެ ސަބަބުން ހަމައެކަނި އެންމެ ގިނައިން ފޮލޯކުރާ އެކައުންޓްތަކުގެ އިތުރުން ތަފާތު ކޮންޓެންޓާއި އަޑުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ.

ފޯ ޔޫ ޓައިމްލައިން ފީޗާ ތައާރަފްކުރަން ނިންމާފައި މިވަނީ ޓިކްޓޮކުން ޗައިނާ ސަރުކާރާ އޮންނަ ގުޅުމާ މެދު ކަންބޮޑުވުން ފާޅުކޮށް އެމެރިކާގައި ޓިކްޓޮކް މަނާކުރުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެފަދަ ފީޗާއެއް ތައާރަފްކުރަން ޓްވިޓާއިން ނިންމި ނިންމުމަކީ ޓިކްޓޮކްގެ މުސްތަގުބަލާ އިދިކޮޅަށް އުފެދިފައިވާ މި ނުތަނަވަސްކަމުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވިދާނެއެވެ.

ނަމަވެސް ޓްވިޓާގެ ފޯ ޔޫ ޓައިމްލައިނަކީ ޓިކްޓޮކްގެ ސީދާ ކޮޕީއެއް ނޫން ކަމަށާއި އެއީ ހަމައެކަނި އިންސްޕިރޭޝަނެއް ކަމަށް ޓްވިޓާއިން ބުނެއެވެ.

ޓުވިޓާއިން މިފީޗާ ޓިކްޓޮކާ ތަފާތުކޮށްފައި ވަނީ ދެ މިނެޓުގެ އާދަޔާ ހިލާފު ކުރު ފޯމެޓަކަށް ވަގުތު ލިމިޓްކޮށް، ޕޯލްތަކާއި ކުއިޒް ފަދަ އިންޓަރެކްޓިވް އެލިމެންޓްތައް އިތުރުކޮށްގެންނެވެ. އަދި މި އާ ފީޗާއަކީ އޯވަހޯލްގެ ބަދަލުގައި ޓްވިޓާގެ މިހާރުގެ ތަޖުރިބާއަށް އިތުރުވާ ކުރިއެރުމެއް ކަމަށާއި އެހެންކަމުން މިފީޗާ އިތުރު ކުރިޔަސް، މިހާރު ބޭނުންކުރާ ޓްވިޓާ ފީޑަށްވެސް ވަދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އައިއޯއެސް އެޕްލިކޭޝަނުގައި ފޯ ޔޫ ޓައިމްލައިން ފީޗާ ތައާރަފްކުރުމަކީ ކުރު ފޯމް ވީޑިއޯ އަދި މަލްޓިމީޑިއާ ކޮންޓެންޓްގެ ދުނިޔޭގައި މިފަދަ އެހެން ޕްލެޓްފޯމްތަކާއެއްވަރަށް ފައިހަމަކުރުމަށް ޓްވިޓާއިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު