އެޕަލް ގަޑިތަކަށް 'އިންހައުސް' ޑިސްޕްލޭ ބޭނުން ކުރަން ފަށަނީ

އެޕަލް އިން 2024ވަނަ އަހަރުގެ ތެރޭގައި ސްމާޓްވޮޗްގެ މަގުބޫލު ލައިންއަށް އިން-ހައުސް ޑިސްޕްލޭ ބޭނުންކުރަން ފަށަން ނިންމައިފިއެވެ.

ޓެކް އިންޑަސްޓްރީގެ މަޝްހޫރު އެނަލިސްޓުންނާއި ހަވާލާދީ ބްލޫމްބާގް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން އެޕަލްގެ މޮބައިލް ޑިވައިސްތަކުގެ ޑިސްޕްލޭގެ ބަދަލުގައި އިން ހައުސް ސްކްރީން ޓެކްނޮލޮޖީ ގެންނަން ފަށާނީ އަންނަ އަހަރުގެ ތެރޭގައެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ މަޝްހޫރު އެއްކުންފުނި ކަމުގައިވާ އެޕަލްގެ އުފެއްދުންތަކުގައި ބޭނުންކުރާ ޑިސްޕްލޭތަކަށް އާދަޔާ ހިލާފަށް ބަރޯސާވެފައި ވަނީ ތާޑް ޕާޓީ ސަޕްލަޔަރުންނަށް ކަމަށްވާތީ، މިއީ އެ ކުންފުންޏަށް ގެންނަ ބޮޑު ބަދަލެއް ކަމުގައި ގިނަބަޔަކު ދެކެއެވެ.

އެޕަލްގެ އަމިއްލަ ޑިސްޕްލޭތައް އިން-ހައުސްގައި ތަރައްގީކުރުމުން އެޕަލްގެ ސްމާޓްވޮޗް ޑިސްޕްލޭތަކުގެ ކޮލިޓީ އާއި ޑިޒައިންގެ މައްޗަށް ބޮޑު ކޮންޓްރޯލެއް ހޯދުމުގެ އިތުރުން ބޭރުގެ ސަޕްލަޔަރުންނަށް ބަރޯސާވާ މިންވަރު ކުޑަ ކުރެވޭނެ ކަމަށް އެޕަލް އިން އުންމީދު ކުރެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އެޕަލް އިން ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ އިން ހައުސް ޑިސްޕްލޭ ޑިވެލޮޕްމަންޓް ކެޕޭސިޓީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ކަމަށާއި، އެ ކުންފުނިން މިހާރު ހުރީ ސްކޭލްގައި އަމިއްލަ ޑިސްޕްލޭ އުފައްދަން ފަށަން ޖެހޭ ހާލަތެއްގައި ކަމަށެވެ.

މިކަމުގެ ސަބަބުން އެޕަލް އާއި ކަސްޓަމަރުންނަށް ވެސް ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ. އަމިއްލަ ޑިސްޕްލޭތަކެއް އުފައްދައިގެން އެޕަލްގެ ސްމާޓްވޮޗަށް ބޭނުންވާ ޑިސްޕްލޭ އޮޕްޝަންތަކުގެ ތެރެއިން ތަފާތު ސައިޒުތަކާއި ރިޒޮލިއުޝަންތަކުގެ އިތުރުން އޯލްވޭސް އޮން ޑިސްޕްލޭ ފަދަ އާ ފީޗާތައް ވެސް ލިބޭނެއެވެ. އަދި، ތާޑް ޕާޓީ ސަޕްލަޔަރުންގެ އަތުން ޑިސްޕްލޭ ގަންނަން ޖެހޭ މިންވަރު ނައްތާލައި ހަރަދު ކުޑަކުރެވޭނެއެވެ.

މި ކަމަކީ އެޕަލްގެ އުފެއްދުންތެރިކަން ރަނގަޅުކޮށް، ބޭރުގެ ސަޕްލަޔަރުންނަށް ބަރޯސާވުން ކުޑަކުރުމަށް އެޕަލް އިން އެޅި މުހިންމު ފިޔަވަޅެއް ކަމުގައި ދިރާސާވެރިން ދެކެއެވެ. ފަހަކަށް އައިސް އެކުންފުނިން އަންނަނީ ޗިޕް އުފެއްދުމާއި ބެޓެރީ ޓެކްނޮލޮޖީ ފަދަ އެހެނިހެން ދާއިރާތަކަށް ވެސް އިންވެސްޓް ކުރަމުންނެވެ .

މިއީ އެޕަލްގެ ސްމާޓްވޮޗް ލައިނަށް އިތުރުވި ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ބެލެވިފައި މިވަނީ ޑިޒައިން ކުރުމުގެ މިނިވަންކަން އިތުރުވެ، ހަރަދު ކުޑަކުރުމުގެ ފުރުސަތު އޮތުމުންނެވެ. މުސްތަގުބަލުގައި އިން ހައުސް ޑިސްޕްލޭ ޓެކްނޮލޮޖީ ވެގެންދާނީ އެ ކުންފުންޏަށާއި ސްމާޓްވޮޗް އިންޑަސްޓްރީއަށް ގޭމް ޗޭންޖަރަކަށެވެ.

comment ކޮމެންޓް