އޭންޓް މޭންގެ ޓްރެއިލާ ބަލައިފިންތަ؟

މަވެލް ސިނެމޭޓިކް ޔުނިވާސްގެ ސުޕަހީރޯތަކާއެކު އަނެއްކާ މިއަހަރު ބޮޑު ސްކްރީނުގައި ފިލްމުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިފަހަރު މާވެލް އިން ބޮޑު ސްކްރީނުގައި ފިލްމުތައް ފެށުމަށް ހަމަޖެހިފައިވަނީ އޭންޓް މޭން ފްރެންޗައިޒް އިންނެވެ.

މާވެލް އިން ވަނީ އޭންޓް މޭންގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައެވެ.

ކާމިޔާބު ދެ ބަޔަށް ފަހު މިފަހަރު ނެރޭ އޭންޓް މޭން ފިލްމު، އޭންޓް މޭން އެންޑް ވޯސްޕް: ކުއަންޓަމޭނިއާ އަކީ ވެސް ވަރުގަދަ ފިލްމަކަށް ވުން އެކަށީގެންވާ ފިލްމެއް ކަމަށް ޓްރެއިލާއިން ވަނީ ދައްކާފައެވެ.

އަލަށް ނެރުނު ޓްރެއިލާގައި ފިލްމުގެ މުހިއްމު ކެރެކްޓަރުތަކުގެ އިތުރުން ވަރުގަދަ ވިލަންތައް ވެސް ދައްކާލައެވެ. އޭންޓް މޭންގެ ތިންވަނަ ބައިގައި އަލިއަޅުވާލާނީ މާވެލްގެ އާ ފިޔަވަހީގެ ތެރެއިން "މަލްޓިވާސް" އަށް ފިޓުވާ ސްޓޯރީލައިންއެވެ. އެގޮތުން "ކުއަންޓަމް ޔުނިވާސް" އަކަށް އޭންޓް މޭންގެ ހީރޯއިން ދެއެވެ.

https://www.youtube.com/watch?v=5WfTEZJnv_8

މިފަހަރު އޭންޓް މޭންގެ ކެރެކްޓަރު ސްކޮޓް ލޭންގް ވާދަކުރަން ޖެހޭ ވިލަން އަކީ ކޭންގް އާއި މޯޑޯއެވެ. ކޭންގް އަކީ 2021 ވަނަ އަހަރު ނެރުނު "ލޯކީ" ސީރީޒްގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ވިލަންއެވެ. މިއީ އެވެންޖާސް އަށް ދާން ވާއިރު އެންމެ ބޮޑު ވިލަންގެ ގޮތުގައި ހިމެނޭ އެއް ވިލަންއެވެ.

އޭންޓް މޭންގެ އާ ފިލްމު އަންނަ މަހުގެ 17 އިން ފެށިގެން ސިނަމާތަކުގައި ދައްކަން ފަށާނެއެވެ. މިއަހަރު ފެށުމާއެކު ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމުތައް ނެރޭނެ ކަމަށް ލަފާކުރާއިރު މިއީ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމެއް ކަމަށް ބެލެވެއެވެ. މި ފިލްމުގައި މުހިއްމު ރޯލުތަކުން ޕޯލް ރަޑް އާއި އެވާންޖެލީން ލިލީގެ އިތުރުން ޖޮނަތަން މޭޖާސް އަދި ކެތުރީން ނިއުޓަން ފެނިގެންދާނެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު