"ޔޫ"ގެ އާ ސީޒަނާއެކު ބޮޑު ބަދަލެއް

ނެޓްފްލިކްސްގެ މަގުބޫލު ޓީވީ ޝޯ "ޔޫ"ގެ އާ ސީޒަނާއެކު ޝޯގެ ސްޓޯރީލައިނަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފިއެވެ.

ސީރިއަލް ސްޓޯކާއެއް އަދި މީހުން މަރައި އުޅޭ ފިކްޝަނަލް ކެރެކްޓަރެއްގެ ނަޒަރުން ގެނެސްދޭ މި ޝޯ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޝޯއެކެވެ. "ޖޯ ގޯލްޑްބާގް" ނަމަކަށް ކިޔާ ކެރެކްޓަރެއް އަންހެނުން ފަހަތުން އުޅޭ ގޮތް ފެނި އެކަމުން އޭނާ ހުރިހާ ވާހަކައެއް އަމިއްލަ ވިސްނުމުގައި ދިފާއު ކޮށްދޭ ގޮތް މި ޝޯ ގައި ކިޔައިދޭނެއެވެ.

ޕެން ބެޖްލީ (ގޮސިޕް ގާލްސް)، ލީޑް ރޯލުން ފެންނަ މި ޝޯގެ ތިން ސީޒަން ނެރެފައިވާއިރު ނެޓްފްލިކްސް އިން މިހާރު ތައްޔާރުވަނީ ޝޯގެ ހަތަރަވަނަ ސީޒަން ނެރޭށެވެ.

https://www.youtube.com/watch?v=9cX-yxxLfE0

ޝޯގެ ފާއިތުވި ތިން ސީޒަނުގައި ވެސް ފެނިގެން ގޮސްފައިވަނީ އަންހެނުންނަށް އުނދަގޫކޮށް އެމީހުން އޭނާގެ މަޅީގައި ޖައްސާ ގޮތެވެ. ނަމަވެސް ހަތަރުވަނަ ސީޒަންގައި މީހުންނަށް ފާރަ ލުމުގެ ބަދަލުގައި އެހެން މީހެއް އޭނާގެ ފަހަތުން އަޅުވާލައިގެން އުޅޭނެ ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ.

އެއާއެކު މިފަހަރު ނުރައްކަލުން ސަލާމަތްވާން އުޅެން ޖެހޭނީ ޖޯގެ ކެރެކްޓަރެވެ. އާ ސީޒަންގެ ބައެއް ޓީޒާ ފޮޓޯތައް ވެސް ވަނީ ނެޓްފްލިކްސް އިން މިހާރު އާންމުކޮށްފައެވެ. އޭގައި، ނުދަންނަ ނަމްބަރަކުން ޖޯއަށް މެސެޖުކުރެއެވެ. އަދި ޖޯ އުޅޭ ގޮތް ފެނިގެން އެ ވާހަކަތައް އޭނާއަށް ކިޔައިދެއެވެ.

ޔޫގެ އާ ސީޒަން ނެރުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން 10 އެޕިސޯޑު ސީޒަންގެ ކޮންމެ ބައެއްގެ ފަސް އެޕިސޯޑް ހިމެނޭނެއެވެ. ފުރަތަމަ ބައި ދައްކާނީ ނުވައެއް ފެބްރުއަރީގައެވެ. ދެވަނަ ބައި ދައްކާނީ ނުވައެއް މާޗުގައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު