އާ ފޯނަކަށް ވަޓްސްއެޕް ބަދަލުކުރަން މިހާރު އެހެން ފޯނެއް ބޭނުމެއް ނުވާނެ

ވަޓްސްއެޕުން "ޗެޓް ޓްރާންސްފާ"ގެ ނަމުގައި އާ ފީޗާއެއް ތަޢާރަފުކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވަޓްސްއެޕްގައި އަލަށް ތަޢާރަފްކުރާ ފީޗާތަކާއި އަޕްޑޭޓްތައް ގެނެސްދޭ ބްލޮގް "ޑަބްލިއުއޭބީޓާއިންފޯ"ގެ ރިޕޯޓެއްގައިވާ ގޮތުން މި ފީޗާގެ ސަބަބުން ގޫގުލް ޑްރައިވްގައި ޗެޓްތައް ބެކްއަޕްނުކޮށް އެއް އެންޑްރޮއިޑް ޑިވައިސްއިން އަނެއް ޑިވައިސްއަށް ޑޭޓާ ޓްރާންސްފާ ކުރެވޭނެއެވެ.

ރިޕޯޓްގައި ބުނާ ގޮތުގައި ގޫގުލް ޑްރައިވް ބޭނުން ނުކޮށް ޑިވައިސްތައް ބަދަލުކޮށް ހުރިހާ ޗެޓް ޑޭޓާއެއް ޓްރާންސްފާ ކުރުމުގެ މަރުހަލާ އަކީ ވަރަށް އާދައިގެ ކަމެކެވެ.

މި ފީޗާ ލިބުމާއެކު އެންމެ ފުރަތަމަ ވަޓްސްއެޕް ޑައުންލޯޑްކޮށް އިންސްޓޯލްކޮށް އާ އެންޑްރޮއިޑް ޑިވައިސްއަށް ޗެޓް ހިސްޓްރީ މައިގްރޭޓް ކޮށްލުމަށް އާ އެންޑްރޮއިޑް ސްމާޓްފޯނުގައި ވަޓްސްއެޕް ހުޅުވައި، ދީފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލުމުން ހުރިހާ ޑާޓާއެއް ޓްރާންފާ ކޮށްލެވޭނެއެވެ.

ވަޓްސްއެޕްގެ ޑާޓާ އެއް ޑިވައިސްއިން އަނެއްޑިވައިސްއަށް ޓްރާންފާ ކުރާއިރު، ޑިވައިސް އިންޓަނެޓަށް ގުޅިފައި ހުރުން ލާޒިމް ކުރާކަމަށް ކަނޑައެޅިގެން ބުނެފައި ނުވިޔަސް އެފަދަ ސިންކްރޮއިޒޭޝަނެއް ހިނގާނީ ނެޓަށް ކަނެކްޓްވެގެން ކަމަށްވާތީ ވައިފައި ނުވަތަ ޑާޓާއިން ނެޓަށް ކަނެޓްކޮށްލަން ޖެހޭނެއެވެ.

މިފަދަ ސިސްޓަމެއްގެ ސަބަބުން އިންޓަމީޑިއޭޓަރީ ސްޓޯރޭޖް ޕްލެޓްފޯމެއްގެ ގޮތުގައި ގޫގުލް ޑްރައިވް ބޭނުންކުރަން ޖެހޭ މިންވަރު ނައްތާލެވިގެންދާނެ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

މިހާރުވެސް އެންޑްރޮއިޑްގެ ބައެއް ޔޫޒަރުންނަށް މިފީޗާ ދޫކޮށްފައިވާއިރު، އައިފޯނު (އައިއޯއެސް)ތަކަށް މި ފީޗާ ލިބޭނީ ކިހާތާކު ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އައިފޯނުތަކަށް ވެސް މި ފީޗާ ގެންނާނެ ކަމަށް ބެލެވެއެވެ.

ވަޓްސްއެޕަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ މަޝްހޫރު މެސެޖިން އެޕްލިކޭޝަނެކެވެ. އެގޮތުން މެސެޖް ފޮނުވުމާއި ވޮއިސް އަދި ވީޑިއޯ ކޯލް ކުރުމުގެ އިތުރުން ފޮޓޯ އާއި އެހެނިހެން މީޑިއާތައް ވަކިވަކި ފަރުދުންނާއި ގްރޫޕްތަކާ ހިއްސާކުރުމުގެ ފުރުސަތު އެ އެޕްގައިވަނީ ހުޅުވާލައިފައެވެ.

އައިއޯއެސް، އެންޑްރޮއިޑް އަދި ޑެސްކްޓޮޕް ފަދަ އެކި ޕްލެޓްފޯމްތަކުން ވަޓްސްއެޕް ބޭނުން ކުރެވޭއިރު، މިއީ އެންޑް-ޓު-އެންޑް އެންކްރިޕްޝަނަށް މަޝްހޫރު، ރައްކާތެރި އަދި ޕްރައިވެޓް ވާހަކަތަކެއްކަން ކަށަވަރުކޮށްދޭ އެޕްލިކޭޝަނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު