މައިކްރޮސޮފްޓުން ވިންޑޯޒްގެ ބައެއް ވާޝަންތަކަށް ދޭ ސަޕޯޓު ހުއްޓާލަން ނިންމައިފިއެވެ.
މައިކްރޮސޮފްޓުން ސަޕޯޓު ދިނުން ހުއްޓާލާން ނިންމާފައިވަނީ ވިންޑޯޒް 8.1 އޮޕަރޭޓިން ސިސްޓަމާއި ވިންޑޯޒް 8.1 އޯއެސް އަށެވެ. މި ދެ ވާޝަން އަށްވެސް މިމަހުގެ 10 ވަނަ ދުވަހު ބޭނުންވާ ފަންނީ އެހީތެރިކަމާއި ސޮފްޓްވެއާ އަޕްޑޭޓް ދިނުން ހުއްޓާލާނެ ކަމަށެވެ.
ވިންޑޯޒް 7 އޯއެސްއާ ހިލާފަށް ވިންޑޯޒް 8.1 އޯއެސް އަށް އެކްސްޓެންޑެޑް ސެކިއުރިޓީ އަޕްޑޭޓް (އީއެސްޔޫ) ޕްރޮގްރާމެއް ނުދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކްސްޓެންޑެޑް ސެކިއުރިޓީ އަޕްޑޭޓް (އީއެސްޔޫ) ޕްރޮގްރާމަކީ ސަޕޯޓް ނިމުމުގެ ކުރިން ބައެއް ލެގަސީ މައިކްރޮސޮފްޓް ޕްރޮޑަކްޓްތައް ހިންގަން ޖެހޭ ކަސްޓަމަރުންނަށް އެންމެ ފަހު އޮޕްޝަނެކެވެ. އޭގެ ތެރޭގައި ޕްރޮޑަކްޓްގެ އެކްސްޓެންޑެޑް ސަޕޯޓް ތާރީހު ނިމުމަށް ފަހު ގިނަވެގެން ތިން އަހަރު ވަންދެން ކްރިޓިކަލް އަދި މުހިއްމު ސެކިއުރިޓީ އަޕްޑޭޓްތައް ހިމެނެއެވެ. އޭގެ މާނައަކީ ވިންޑޯޒް 8.1 އޯއެސް އަދިވެސް ހިންގާ ޑިވައިސްތައް ހުރި ވިންޑޯޒް ޕީސީ ބޭނުންކުރާ މީހުންނަށް ސައިބާ ނުރައްކަލުން ޕީސީ އާއި އެ މީހުންގެ ޑޭޓާ ރައްކާތެރި ކުރުމަށް ޚާއްޞަ ސެކިއުރިޓީ އަޕްޑޭޓްތައް ނުލިބޭނެއެވެ.
"މައިކްރޮސޮފްޓުން ވިންޑޯޒް 8.1 އަށް އެކްސްޓެންޑެޑް ސެކިއުރިޓީ އަޕްޑޭޓް (އީއެސްޔޫ) ޕްރޮގްރާމެއް ނުދޭނެ. 10 ޖެނުއަރީ 2023 ގެ ފަހުން ވިންޑޯޒް 8.1 ބޭނުން ކުރަމުން ގެންދިއުމަކީ އެ ޖަމިއްޔާއަކުން ސެކިއުރިޓީ ރިސްކުތަކަށް އެކްސްޕޯޒްވުން އިތުރުވުން ނުވަތަ ކޮމްޕްލަޔަންސް ވާޖިބުތައް އަދާކުރުމުގެ ގާބިލުކަމަށް ބުރޫ އަރާނެ ކަމެއް،" ސަޕޯޓް ޕޭޖުގައި އެ ކުންފުނިން ލިޔެފައިވެއެވެ.
މައިކްރޮސޮފްޓުން ލަފާދީފައި ވަނީ ވިންޑޯޒް 8.1 ނުވަތަ ވިންޑޯޒް 7 ހިންގާ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވިންޑޯޒް 11 އަށް އަޕްގްރޭޑް ކުރުމަށެވެ.
ވިންޑޯޒް 11 ހިންގުމަށް ބޭނުންވާ ޓެކްނިކަލް ޝަރުތުތައް އެ މީހުންގެ ޑިވައިސްތަކުން ފުރިހަމަ ނުވާނަމަ ވިންޑޯޒް 11 ސަޕޯޓްކުރާ ޑިވައިސްއެއް އިޚްތިޔާރު ކުރުންވެސް ބުއްދިވެރިކަމުގައި މައިކްރޯސެފްޓުން ލަފާދެއެވެ.