ގޫގުލް ކްރޯމް ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް

ގޫގުލް ކްރޯމް އިން ސާފިން ކުރާއިރު ރައްކާތެރި ކަނެކްޝަންތަކަށް އިސްކަން ދޭތާ ދުވަސްކޮޅެއް ވެފައިވާއިރު، ގޫގުލްގެ ވެބް ބްރައުޒާ "ކްރޯމް"ގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އާ ފީޗާއެއް އުފައްދަން ނިންމައިފިއެވެ.

ގޫގުލް ކްރޯމްގެ ދިގު ތާރީޚަށް ބަލާއިރު، އެޗް.ޓީ.ޓީ.ޕީ.އެސް ޕްރޮޓޮކޯލްގެ މައްޗަށް ޑިފޯލްޓްކޮށް ހުރިހާ ސަފުހާއެއް ލޯޑްކުރުމުގެ ޤާބިލުކަން ކްރޯމްއަށް އެންމެ ފުރަތަމަ ލިބުނީ ވާޝަން 90 ފެށިގެންނެވެ. އޭގެ ފަހުން ގޫގުލް އިން ވަނީ ކްރޯމް 94 އާ އެކު އާ "އެޗްޓީޓީއެސް އޮންލީ" ގެ ނަމުގައި އޮޕްޝަނެއް އިތުރުކޮށް އެ ކުންފުނީގެ ސިސްޓަމްގެ ރައްކާތެރިކަން އިތުރުކޮށްފައެވެ.

އާންމު ގޮތެއްގައި ގިނަ ވެބް ބްރައުޒާތަކުން ލިބެން ހުންނަ ފަހުގެ ވެބްޕޭޖް ތަކަކީ އެޗްޓީޓީއެސް ޕްރޮޓޮކޯލަށް ތަބާވާ ޕޭޖްތަކަށް ލިމިޓްކޮށް އިންޓަނެޓަށް ޒިޔާރަތްކުރާއިރު ސެކިއުރިޓީ އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ވެބްސައިޓަކުން ސެކިއުއާ ސާފިންއަށް ސަޕޯޓް ނުކުރާހާ ހިނދަކު، ވެބް ބްރައުޒާ އޮޓޮމެޓިކުން އެޗްޓީޓީޕީއަށް ބަދަލެއް ނުވާނެއެވެ.

އެކަމުގެ ސަބަބުން ނުރައްކާތެރި ވެބް ޕޭޖެއް ލޯޑްކުރަން އުޅޭ ކަމަށް ބުނެ އިންޒާރުދޭ ޕޭޖެއް ނުވަތަ މެސެޖެއް ފެންނާނެއެވެ.

ބްރައުޒާ ކޯޑް ރިވިއު ކުރުމަށް ޑިވެލޮޕަރުންނަށް އެއްބާރުލުން ދޭ ޕްލެޓްފޯމެއްކަމުގައިވާ 'ކްރޯމިއަމް ޖެރިޓް ރިޕޮސިޓަރީ'ގައި 9to5Google އިން ހޯދި ކޯޑަކުން ދައްކާ ގޮތުގައި ގޫގުލް އިން އަންނަނީ އެ ކުންފުނީގެ 'އެޗްޓީޓީއެސް އޮންލީ މޮޑިއުލް' ފުޅާކޮށް އެ ފީޗާގައި ހުރިހާ ފައިލް ޑައުންލޯޑްތަކެއް ހިމަނަން ތައްޔާރުވަމުންނެވެ.

މިފީޗާ ފުރިހަމަވުމުން ޑައުންލޯޑުކުރާ ފައިލެއްގައި ނުރައްކާތެރި އެޗް.ޓީ.ޓީ.ޕީ ޕްރޮޓޮކޯލް ބޭނުންކުރާކަން ކްރޯމްއަށް ފާހަގަވުމުން ވަގުތުން އެ ޕޭޖެއް ބްލޮކް ކުރާނެއެވެ.

މިފީޗާ ފުރިހަމަވުމުން ނުރައްކާވެދާނެކަމަށް ލަފާކުރެވޭ ކޮންމެ ޑައުންލޯޑެއް ބްލޮކްކޮށް އެކަމުން ރައްކާތެރި ކޮށްދޭނެއެވެ.

ޑައުންލޯޑް ކުރަން ބޭނުންވާ ފައިލް ޑައުންލޯޑް ކޮށް ފުރިހަމަ ކުރުމަށްޓަކައި ކްރޯމް އިން މި ބްލޮކް ނައްތާލުމަށް އަބަދުވެސް އެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެއީ އިޚްތިޔާރީ ފިޔަވަޅެއްގެ ގޮތުގައި ދެމި އޮންނާނެއެވެ.

މިހާރު ތަރައްގީ ކުރަމުން އަންނަ މި އާ ސެކިއުރިޓީ ފީޗާގެ އެކްސްޕެރިމެންޓަލް ވާޝަން އެންމެ ފުރަތަމަ ލިބެންހުންނާނީ ކްރޯމްއިން އެކަންޏެވެ. މިފީޗާ މަސައްކަތް ކުރާނީ ކްރޯމް/ފްލެގްސް ޕޭޖުން #block އިން ސެކިއުއާ ޑައުންލޯޑްސް ފްލެގް އެކްޓިވޭޓް ކުރުމުންނެވެ.

އެއީ އެކްސްޕެރިމެންޓަލް ފީޗާއަކަށް ވާއިރު، މިފީޗާގެ ބޭނުން ފުރިހަމަ ގޮތުގައި ކުރެވޭނީ 2023 ވަނަ އަހަރުގެ މާޗް މަހު ކްރޯމް 111 ރިލީޒް ކުރުމުންނެވެ.

comment ކޮމެންޓް