ކުލަގަދަ ހަރަކާތްތަކާއެކު އާ އަހަރު ފާހަގަކޮށްފި

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވި މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/މުހައްމަދު ޝާތިއު

އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ޔޫތް މިނިސްޓްރީން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި ޝޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ހުޅުމާލޭ ސިންތެޓެކް ޓްރެކްގައި ކުރިއަށްގެންދިޔަ، އާ އަހަރުގެ ޝޯގެ ޚާއްސަ މެހެމާނަކަށް މިފަހަރު ފެނުނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭއެވެ. މި ޝޯގައި ޕަވްނީ ވަނީ އޭނާގެ ލަވަތަކުގެ އިތުރުން ދިވެހީންގެ މެދުގައި މަޤްބޫލުވެގެންދިޔަ ބޮލީވުޑުގެ ހިޓް ލަވަތައް ހުށަހަޅައިދީފައެވެ. ޕަވްނީގެ އިތުރުން މި ޝޯގައި އޭނާއާ އެކު ލަވަކިއުންތެރިޔާ ރާހުލް ބަޓްވެސް ސްޓޭޖުމަތިން ފެނުނެވެ.

ޝޯ ބެލުމަށް އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ސިންތެޓެކް ޓްރެކަށް ޖަމާވެފައެވެ.

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވި މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/މުހައްމަދު ޝާތިއު

ޝޯބެލުމަށް އެއްވެފައިތިބި މީހުނާ ވާހަކަދައްކަމުން ޕަވްނީ ބުނީ، ދިވެހިންގެ ފަރާތުން މި ލިބުނީ އުއްމީދުކުރިވަރަށްވުރެވެސް ބޮޑު ތަރުހީބެއްކަމަށެވެ.

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވި މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"މޯލްޑިވްސް ވާއު ފެސްޓް" ނަމުގައި ރޭ ބޭއްވި މި ޝޯގައި ޕަވްނީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި އާޓިސްޓުންވެސް ވަނީ ލަވަތައް ހުށަހަޅައިދީފައެވެ. އޭގެ ތެރޭގައި، ހަބޭސް ބޮޑުބެރު ގްރޫޕާއި، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ފޯރިގަދަ ހުށަހެޅުންތައް ފެނުނެވެ.

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވި މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރޭގެ ޝޯ ބަލާލުމަށް އާއްމު ރައްޔިތުންނާއެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފާއި، ސަރުކާރުގެ ބައެއް އިސް ވެރިންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވިއެވެ.

މި ޝޯ ކުރިއަށްގެންދިޔައީ އައު އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ހަވާއެރުވުމުގެ ހަރަކާތަކާއެކުއެވެ.

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވި މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ރޭގެ ޝޯ ބެލުމަށް ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި ދިރިއުޅޭ މީހުންގެ އިތުރުން މާލެއިންވެސް ވަރަށް ގިނަ މީހުން ހުޅުމާލެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން މާލެ ކައިރީ ރަށްރަށުންވެސް އާ އަހަރުގެ ޝޯއާއި ހަވާ އަރުވާމަންޒަރު ބެލުމަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް