އެވެޓާ އެއް ބިލިއަނާ ގާތްކޮށްލައިފި

އެވެޓާގެ ދެވަނަ ބައިން މަންޒަރެއް

މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ދެވަނަ ބައިގެ އާމްދަނީ 850 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެއް ފިލްމަކީ އެވެޓާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަށްފަހު 13 އަހަރު ފަހުން ފިލްމު ނެރޭތީ އެ ފިލްމަށް އޮތް އިންތިޒާރު އެތައް ބައެއްގެ މެދުގައި ބޮޑެވެ.

މި މަހުގެ 15ގައި ފިލްމު ދައްކަން ފެށިއިރު އެ ފިލްމު އެޅުވިތާ 10 ދުވަސްތެރޭގައި ފިލްމަށް ލިބުނު އާމްދަނީ ވަނީ 852 މިލއިއަން ޑޮލަރަށް އަރާފައެވެ. އޭގެތެރެއިން 250 މިލިއަން ޑޮލަރަކީ އެމެރިކާއިން ހޯދާފައިވާ އާމްދަނީއެވެ.

https://www.youtube.com/watch?v=d9MyW72ELq0

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެވެޓާ ދައްކަމުން އަންނައިރު އެމެރިކާ ފިޔަވާ އެންމެ ބޮޑެތި މާކެޓުތަކުގައި ވެސް އެ ފިލްމު އޮތީ މިވަގުތު ބޮކްސް އޮފީހުގެ އެއްވަނައިގައެވެ. އެގޮތުން ޗައިނާއާއި ދެކުނު ކޮރެއާގެ އިތުރުން އިންޑިއާގައި ވެސް އެންމެ ގިނަ މީހުން މިވަގުތު ސިނަމާތަކަށް ބަލަން ދާ ފިލްމަކީ އެވެޓާގެ ދެވަނަ ބައި "ދަ ވޭ އޮފް ވޯޓާ" އެވެ.

މި ފިލްމުގެ އާމްދަނީ އެއް ބިލިއަނާ ގާތް ވެފައިވާއިރު މި ހަފުތާ ނިމުމުގެ ކުރިން އެ އަދަދަށް އަރާނެއެވެ. އެއާއެކު މި ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބޭނެއެވެ. މިއަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވަނީ ހަމައެކަނި ދެ ފިލްމަކަށެވެ. އެއީ "ޓޮޕް ގަން : މެވަރިކް" އާއި "ޖުރެސިކް ވޯލްޑް : ޑޮމިނިއަން" އެވެ.

ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާއެކު ވެސް ފުރަތަމަ ފިލްމުގެ ކާމިޔާބީއާ ގާތް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެވެޓާގެ ފުރަތަމަ ފިލްމަކީ މިހާތަނަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެވެ. އެގޮތުން އެވެޓާގެ ފުރަތަމަ ފިލްމަށް 2.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް